| މަޤާމު | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| ބޭނުންވާ ޢަދަދު: | 01 | 
| މަޤާމުގެ ނަމްބަރު: | J-227078 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | ޖީ.އެސް 3 | 
| މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | 
| މުސާރަ: | މަހަކު -/4465 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/1500 ރުފިޔާ | 
| ސަޕޯޓިންގ ކޯ އެލަވަންސް 2: | މަހަކު -/700 ރުފިޔާ | 
| ޑިވިޝަން/ ސެކްޝަން: | ކޯޕަރޭޓް އެފެއަރޒް / ބަޖެޓް ސެކްޝަން   | 
| މަޤާމް އޮތް އޮފީސް: | ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ | 
| ވަޒީފާ އަދާކުރަންޖެހޭ ތަން | ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ | 
| އިތުރު ޢިނާޔަތްތައް: | 1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. | 
| ކުރަންޖެހޭ މައިގަނޑު މަސައްކަތް: | 1. ފައިސާ ދޫކުރުން ( މުސާރަ ދޫކުރުމާއި ބިލްތަކަށް ފައިސާ ދޫކުރުމާއި މުދަލުޒަކާތާއި ފިތުރުޒަކާތުގެ ފައިސާ ދޫކުރުން.)     2. ޚަރަދު 2 ގެ ވައުޗަރ ތައްޔާރުކުރުމާއި ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން. (ބިލްތަކުގެ)   3. ކައުންސިލުން ހިންގާ ވިޔަފާރިތަކުގެ ހިސާބު ބެލެހެއްޓުން. (ޕެޓްރޯލް،ޑީސަލް ވިކޭ އަދަދާއި،މިތަކެތީގެ ބާކީ ޢަދަދު ކޮންމެ ހަފްތާއަކު ކައުންސިލުން ލިޔުމުން ހުށަހެޅުން)   4. އައިޓަމް ބާކީ ރިޕޯޓް ތައްޔާރުކުރުން. (ޚަރަދު 1،2)   5. ސަރުކާރުގެ އާމްދަނީ އެކައުންޓަށް ފޮނުވަންޖެހޭ ފައިސާ ކޮންމެ 3 މަހަކުން ފޮނުވުން.   6. ޚަރަދު 2 ގެ ބޭންކް ރިކޮންސިލޭޝަން ސްޓޭޓްމަންޓް ތައްޔާރުކުރުން.   7. މާލީ ހިސާބު ތައްޔާރުކުރުމަށް އެހީތެރިވުން.   8. ބަޖެޓް ތައްޔާރުކުރުމަށް އެހީތެރިވުން. 9.ރައްޔިތުންގެ ފައިސާއިން ގަންނަ ތަކެތީގެ މުދާލިބިގަތުމަށް އެދޭފޯމް، މުދާ ގަންނަން އެދޭފޯމް، އަގުބަލާ ފޯމް، އޯޑަރު ފޯމް ތައްޔާރުކޮށް މުނިސިޕަލް ސަރވިސް ސެކްޝަނާ ޙަވާލުކުރުން. 10. މުދަލު ޒަކާތާއި ފިތުރު ޒަކާތާ ގުޅުންހުރި އެންމެހައި މަސައްކަތްކުރުން. 11. ވިޔަފާރި ހުއްދަ ހެދުމާއި ހުއްދަ ބާޠިލްކުރުމާއި އެކަމާ ގުޅުން ހުރި އެންމެހައި  މަސައްކަތްކުރުން – ވަގުތީގޮތުން.     | 
| މަޤާމުގެ ޝަރުޠުތައް: | 
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް" ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.   | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް: | 1. ތަޢުލީމާއި ތަމްރީނު (ލިބިފައިވާ އިތުރު ތަޢުލީމާއި ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ތަމްރީނު) %38 2. އިމްތިޙާނު (ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާން) %5 3. މަސައްކަތު ތަޖުރިބާ (ވަޒީފާއާ ގުޅޭ ތަޖުރިބާ / އެހެނިހެން ތަޖުރިބާ) 4. ލިބިފައިވާ ހުނަރު (އިންޓަރވިއު / ޕްރެކްޓިކަލްސް) %43 | 
| ހުށައަޅަންޖެހޭ ލިޔުންތައް: | 1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމް 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 4. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓްފިކެޓްތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލޫ ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ).   | 
|     |   (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ކޮޕީ. 8. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ހ). ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ). އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަނޑި: | ވަޒީފާއަށް އެދޭ ފޯމް ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން (www.csc.gov.mv)  ޑައުންލޯޑް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 މެއި 3 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ، ([email protected]) އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށައަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލު ކުރެވޭނެއެވެ.   | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 މެއި 6 އާއި 2018 މެއި 17 އާ ދެމެދު، ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.   | 
| ޝޯޓް ލިސްޓްކުރުން: | މިވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 (ދިހައެއް) އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 (ދިހައެއް) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.   | 
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |   %30 (ތިރީސް އިންސައްތަ) | 
| އިތުރު މަޢުލޫމާތު: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅާނީ 6760042 އެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.   |