ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ބެލުމުގެދަށުގައިވާ ގުދަނެއްކަމުގައިވާ ފީރޯޒްލޮޖުގައިވާ ތަކެތީގެ އިންވެންޓްރީ ނެގުމުގެ މަސައްކަތުގައި އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް 11 އޭޕްރީލް 2018 ގައި ކުރެވުނު އިއުލާނަށް އެކަށީގެންވާ ތަރުހީބް ލިބިފައި ނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢިއުލާން ކުރަމެވެ.
މަސައްކަތުގެ ތަފްސީލް
- ގުދަން ތެރޭގައި ހުންނަ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ތަރުތީބުން އެތުރުމާއި، ތަކެތި ފޮޅާ ސާފު ކުރުމާއި، މިނިސްޓްރީއާއި ފައިލް ގުދާނާ ދެމެދު ތަކެތި އުފުލުމާއި ދުއްވާތަކެއްޗަށް ތަކެތި އެރުވުމާއި ބޭލުމާއި ތަކެއްޗާއެކު ވެހިކަލްގައި އެއްތަނުން އަނެއްތަނަށް ތަކެތި ގެންގޮސްހެދުން.
- ތަކެތި ބަހައްޓާ ރެކްތަކާއި، ތަންތަން ފޮޅާ ސާފުކުރުމާއި، ގުދަންތެރެ ފޮޅާ ސާފުކުރުން.
- ގުދަނުގައި ހުންނަ ފައިލް، ފޮތް ފަދަ ލިޔެކިޔުންތައް ސާފުކޮށް ހެދުމުގައި ރައްކާތެރިކަމާއެކު އެ އެއްޗެއް ސާފުކުރެވެން ހުރިގޮތެއް ބަލައިގެން ފަރުވާތެރިކަމާއެކު ސާފުކޮށް އަދި އުފުލާހެދުން.
- އިންވެންޓްރީ މަސައްކަތުގައި އިދާރީގޮތުން މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތުގައި އެހީތެރިކަން ބޭނުންވާ އެހެނިހެން ކަންތައްތައް ކުރުން،
ބޭނުންވާ މީހުންގެ އަދަދު: 2
ގިނަވެގެން ލިބޭނެ އުޖޫރަ: މަހަކު -/4500 ރުފިޔާ
ފެންވަރު ނުވަތަ ޝަރުތު: ލިޔަންކިޔަން އެނގުން،
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން 29 އެޕްރީލް 2018 ވާ އަދިއްތަ ދުވަހުގެ 14:00 ގެކުރިން، ތިރީގައިވާ އެޑްރެހަށް ސިޓީ ހުށަހެޅުއްވުންއެދެމެވެ.
ވަޒީފާއާއި ބެހޭ އިތުރު މަޢުލޫމާތު އަދި ސިޓީ ހުށަޅާނީ:
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ.
ފޯނު: 3333174/3333117
ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.
