ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ (ސޭލްސް އެސިސްޓަންޓް)

 

މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު  ބޭނުންވެއްޖެއެވެ. 

 މަޤާމް:

 ސޭލްސް އެސިސްޓަންޓް

 ބޭނުންވާ ޢަދަދު:

 05

 ޝަރުތުތައް:

 ޖީ.ސީ.އީ އޯލެވެލް، 2 މާއްދާއިން "ސީ" ފާސް ލިބިފައިވުން، އަދި މަދުވެގެން  01 އަހަރުގެ ތަޖުރިބާ ހުރުން

 މަސައްކަތުގެ ބާވަތް:

  • ފައިސާއާއި ބެހޭ މުޢާމަލާތްތައް ކުރުން
  • ދުވަހުގެ ރިޕޯޓުތަށް ތައްޔާރުކުރުން
  • ކަސްޓަމަރުންނާ މުޢާމަަލާތްކުރުން
  • ކަސްޓަމަރުންނަށް ތެޔޮ ފޯރުކޮށްދިނުން

 މުސާރަ:

 8,000.00 ރ އާއި 9,000.00 ރ ދެމެދު

 ވަޒީފާގެ ބާވަތް:

 ދާއިމީ

 މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

 އެފް އެސް އެމް އީޒީ ފީލް (ގދ. ތިނަދޫ)

 

ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 25 އޭޕްރީލް 2018 ވާ ބުދަ  ދުވަހުގެ މެންދުރު 14:00ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު (އައި ޑީ ކާޑު އަދި ސެޓުފިކެޓުތަކުގެ ކޮޕީއާއި އެކު)، އެފް އެސް އެމް ގދ. ތިނަދޫ ޝެޑަށް، ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމަށް އެދެމެވެ. އެޕްލިކޭޝަން ފޯމް ގދ. ތިނަދޫ ޝެޑުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މިކުންފުނިން 09 އޭޕްރިލް 2018 ގައި ކުރެވިފައިވާ އިޢުލާނު ނަންބަރު: FSM-ADV-/2018/015، ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331442 ނަންބަރަށް ގުޅުއްވުން އެދެމެވެ.

22 އޭޕްރިލް 2018
ހޯދާ