ދިވެހިރާއްޖެ
- މި ޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު (IUL)166-Loan/166/2018/ 24 ގެ ދަށުން ރާއްޖެއަށް ކަނޑައަޅާ އިޢުލާންކުރި 50 އެމް.ބީ.ބީ.އެސް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 26 އެޕްރީލް 2018 ގެ 13.30 އަށް އިތުރު ކޮށްފައިވާ ކަމުގައި ދެންނެވީމެވެ.
- އަދި މި ޑިޕާޓްމަންޓްގެ އިޢުލާން ނަންބަރު: (IUL)166-Loan/166/2018/ 24 ގެ ދަށުން ރާއްޖޭގައި ޕީ. އެޗް.ޑީ ހެދުމަށް ހުޅުވާލި 5 ފުރުޞަތު ގެ އިތުރުން 5 ފުރުޞަތު (ޖުމްލަ 10 ފުރުޞަތު) އިތުރުކޮށް، އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި 26 އެޕްރީލް 2018 ގެ 13.30 އަށް އިތުރު ކޮށްފައިވާ ކަމުގައި ދެންނެވީމެވެ.
ލޯނަށް އެދި ފޯމް ހުށައަޅާނީ ވެލާނާގޭ 2 ވަނަ ތަޅުމުގައި ހުންނަ މި ޑިޕާޓްމަންޓްގެ ކައުންޓަރަށެވެ.
ލޯނަށް އެދި ހުށަހަޅާ ފޯމް މި ޑިޕާޓްމަންޓްގެ ވެބްސައިޓު gov.mvwww.dhe.އިން ޑައުންލޯޑް ކުރެވޭނެއެވެ.
މަތީގައި ޙަވާލާދީފައިވާ އިޢުލާންތަކާއިއެކު ޝާއިޢުކޮށްފައިވާ އުޞޫލުތަކާއި ޖަދުވަލުތަކަކީ މިއިޢުލާންގެ ބައެކެވެ.
|
އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 33412903341376 3341326 3341381 3341327 3341309 ފޯން ނަމްބަރަށެވެ. |