ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި ކަނޑުހުޅުދޫ މިސްކިތު ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ބެހޭ

                             

 

އިޢުލާން

 

މިސްކިތު ކާޕެޓް ބަދަލުކުރުން

 

            މިރަށު މިސްކިތުގައި ކާޕެޓް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު (IUL)414/414/2018/16 ނަންބަރ އިއުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް އެސްޓިމޭޓް ހުށަހަޅާފައިނުވާތީ އެއިޢުލާނު ބާޠިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

           ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 24 އޭޕްރީލް 2018 ވަނަދުވަހުގެ 13.00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 29 އޭޕްރީލް 2018 ވަނަ ދުވަހުގެ 13.00 އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

            އަދި މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދެވޭނީ ޤާނޫނު ނަންބަރ 18/2014 ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ތަކަށެވެ.

 

 

ޕޮއިންޓް ދެވޭނެގޮތް

ޕޮއިންޓްބަހާލެވޭގޮތް

1

މަސައްކަތުގެ އަގު

60%

2

މަސައްކަތުގެ ތަޖްރިބާ

30%

3

މަސައްކަތުގެ މުއްދަތު

10%

 

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ތަމްސީލު ކުރައްވަނީ

ކޮން ކުންފުންޏެއް، އިންވެސްޓްމަންޓެއް ނުވަތަ ވިޔަފާރިއެއްކަން އެގޭނެ ސިޓީއަކާއި، ތަމްސީލް ކުރާނެ ކުންފުނި، އިންވެސްޓްމަންޓް ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެ އިތުރުން

މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ އަސްލު ގެންނަންވާނެ އެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6820020 ، 7765903 އަށް ގުޅުއްވުން އެދެމެވެ.

              މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާނުކުރީމެވެ.

19 އޭޕްރިލް 2018
ހޯދާ