ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގައި 2018 ޖުލައި ގައި ފެށުމަށް އިޢުލާންކުރި ކޯސްތަކަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

ޖުލައި 2018 ގައި މި ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް ގައި ފެށުމަށް އިޢުލާންކުރި ކޯސްތަކަށްވަނީ ބަދަލުތަކެއް އައިސްފައެވެ. އެހެންކަމުން ތިރީގައި މިވަނީ އެ ފެކަލްޓީއިން ޖުލައި 2018 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ރިވައިސްޑް ލިސްޓެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނާނީ 22 އެޕްރީލް 2018 ވާ އާދިއްތަ ދުވަހުން ފެށިގެން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ 2018 ޖުލައިގައިފަށާ ކޯސްތަކުގެ މަޢުލޫމާތުހިމެނޭ ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv  އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.

 

ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒް

 

  1. ސެޓްފިކެޓް 3 އިން އަރަބިކް ލޭންގްވިޖް -- ކ.މާލެ، ލ.ގަން، ގދ.ތިނަދޫ
  2. ސެޓްފިކެޓް 3 އިން ޖަނާއިޒް -- ކ.މާލެ، ހދ.ކުޅުދުއްފުށި، ސ.ހިތަދޫ
  3. އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ -- ސ.ހިތަދޫ
  4. އެޑްވާންސްޑް ސެޓްފިކެޓް އިން އިސްލާމިކް ސްޓަޑީޒް -- ކ.މާލެ
  5. އެޑްވާންސްޑް ސެޓްފިކެޓް އިން އިމާމްް އެންޑް ޚަތީބު -- ކ.މާލެ، ލ.ގަން
  6. އެޑްވާންސްޑް ސެޓްފިކެޓް އިން އަރަބިކް ލޭންގްވިޖް -- ކ.މާލެ، ހދ.ކުޅުދުއްފުށި، ގދ.ތިނަދޫ
  7. ޑިޕްލޮމާ އިން އިމާމް އެންޑް ޚަތީބު -- ކ.މާލެ، ހދ.ކުޅުދުއްފުށި، ގދ.ތިނަދޫ، ސ.ހިތަދޫ
  8. ޑިޕްލޮމާ އިން އަރަބިކް ލޭންގްވިޖް -- ކ.މާލެ
  9. ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ -- ކ.މާލެ، ލ.ގަން
  10. ބެޗްލަރ އޮފް އިސްލާމިކް ސްޓަޑީޒް -- ކ.މާލެ، ހދ.ކުޅުދުއްފުށި، ލ.ގަން
  11. މާސްޓަރ އޮފް ލޯ -- ކ.މާލެ
  12. މާސްޓަރ އޮފް އާޓްސް އިން އިސްލާމިކް ސްޓަޑީޒް -- ހދ.ކުޅުދުއްފުށި

 

މަތީގައިވާ ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:

http://mnu.edu.mv/wp-content/uploads/2017/11/Course-info-sheet-2018-JULY-Intake-11.pdf

 

19 އޭޕްރިލް 2018
ހޯދާ