މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ކާށިދޫން ގޯތި ދޫކުރުމާގުޅޭ

މިއިދާރާގެ ނަމްބަރ (IUL)330-B/330/2017/60 (19 ސެޕްޓެމްބަރ 2017) އިޢުލާނާއި ގުޅިގެން، ދިރިއުޅުމަށްޓަކައި ކާށިދޫން ގޯތި ލިބުމަށް އެދި ފޯމު ހުށަހެޅި ފަރާތްކުގެ ތެރެއިން، ކާށިދޫގެ ރަށްވެހިންގެ ކެޓަގަރީ، އަދި އެހެން ރަށްރަށުގެ ރަށްވެހިންގެ ތެރެއިން ކާށިދޫގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންގެ ކެޓަގަރީއަށް ކަނޑައެޅިފައިވާ ޢަދަދުތަކަށް ގޯތި ދޫކުރަން ބަލާއިރު، އެންމެމަތިން ޕޮއިންޓް ލިބިގެން އިތުރު ގުރުއަތަކަށް ނުގޮސް ގޯތިލިބޭނެކަން ކަށަވަރުވާ ފަރާތްތަކަށް ބޭނުންވާ ޢަދަދަށް ގޯތި ނެގުމަށްފަހު، ބާކީ ހުރި ގޯތީގެ ޢަދަދަށްވުރެ، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ޢަދަދު ގިނަވުމާއެކު، ޕޮއިންޓްގެ ގޮތުން އެއްވަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ގޯތިލިބޭނެ ފަރާތްތައް ހޮވުމަށްޓަކައި ބާއްވާ ގުރުއަތުލުން މިހިނގާ އޭޕްރީލް މަހުގެ 20 ވާ ހުކުރުދުވަހުގެރޭ 20:30 ގައި ކ. އަތޮޅު މަދަރުސާގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ބޭއްވޭ ގުރުއަތުލުމުގައި ބައިވެރިވާންޖެހޭ ފަރާތްތަކުގެ 02 ލިސްޓް މިއިޢުލާނާއެކު ޢާއްމުކުރެވިފައި އެވަނީއެވެ.

            ވީމާ މިލިސްޓްތަކުގައި ހިމެނޭ ފަރާތްތަކުން މި ގުރުއަތުލުމުގައި ބައިވެރިވުމަށްޓަކައި 20 އޭޕްރީލް 2018 ވާ ހުކުރުދުވަހުގެރޭ 20:30 އަށް ކ.އަތޮޅު މަދަރުސާގެ ހޯލަށް ޙާޟިރުވުމަށް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ. މި ގުރުއަތުލުމުގައި ބައިވެރިވުމަށް އެއްވެސް ސަބަބަކާހުރެ ޙާޟިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ގޯއްޗަށް އެދިފައިވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މި ގުރުއަތުލުމަށް ޙާޟިރުނުވާ އަދި ބަދަލުގައި ވެސް މީހަކު ނުފޮނުވާ ފަރާތްތަކުގެ ބަދަލުގައި ގޯތި ކޮމިޓީގެ ފަރާތުން، މި ގުރުއަތުލުމުގައި ބައިވެރިވުމަށް އަންނަ ފަރާތްތަކުގެ ޙާޟިރުގައި ޤުރުއަތު ނަގާނެކަން ވެސް ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

18 އޭޕްރީލް 2018

18 އޭޕްރިލް 2018
ހޯދާ