މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް 06 އެސްކެވޭޓަރު އަދި 10 ޑަމްޕް ލޮރީ އޮޕަރޭޓަރުންނާއިއެކު 01 މަސްދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭނުމަށް 06 އެސްކެވޭޓަރ އަދި 10 ޑަމްޕް ލޮރީ އޮޕަރޭޓަރުންނާއިއެކު 01 މަސްދުވަހަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/115 (16 އެޕްރީލު 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މި ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

އެސްކެވޭޓަރ އަދި ޑަމްޕް ލޮރީގެ ސްޕެސިފިކޭޝަން:

  1. އެސްކެވޭޓަރ (ސައިޒް: 60 ޓަނުން ފެށިގެން މަތީގެ)
  2. ޑަމްޕް ލޮރީ (ސައިޒް: 6 ޓަނުން ފެށިގެން މަތީގެ)

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 19 ވާ ބުރާސްފަތި ދުވަހުގެ 09:30 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ގުޅުއްވުން އެދެމެވެ.

18 އެޕްރީލް 2018
ހޯދާ