ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕީއެސްއެމަށް ދޫކޮއްފައިވާ ބިމުގައި ކުރަންހުރި ބައެއް މަސައްކަތް

        ޕަބުލިކު ސަރވިސް މީޑިއާއަށް ދޫކޮށްފައިވާ 10’000 އަކަފޫޓްގެ  ބިމުގައި ހުރި ރުއްގަސް ކަނޑައި ބިން ސާފުކޮށް ބިންގަނޑު އެއްވަރު ކޮށްދޭނެ ފަރާތެއް ހޯދުމަށްކޮށްފައިވާ މިއިދާރާގެ ނަންބަރ: (IUL)374-C/374/2018/48 :   (12 އޭޕްރީލް 2018 ) ގެ  އިއުލާން ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

        ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވެވަޑައިގަންނަވާ ބޭފުޅުން  2018 އޭޕްރީލް 24 ވާ އަންގާރަ  ދުވަހު ގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޭޕްރީލް 26 ވަނަދުވަހުގެ 10:00 އަށް މިއިދާރާއަށް ވަޑައިގެން މިމަސައްކަތްތައް ކޮށްދެއްވާނޭ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ޕަބްލިކު ސަރވިސް މީޑިއާގެ ބިމުގައި ހުރި ރުއްގަސް ކަޑައި ބިން ސާފުކޮށް ބިންގަޑު އެއްވަރުކުރުމުގެ މަސައްކަތަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީ ހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމައަންދާސީ ހިސާބު ހުށަހެޅުމުގެ 1 ގަޑިއިރުކުރިން އެކަން ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ސޮޔާއި އެކު ހުށަހަޅަންވާނެއެވެ. 

         ވީމާ މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ. 

17 އޭޕްރިލް 2018
ހޯދާ