ދިވެހިރާއްޖެ
ތޮއްޑޫ ސްކޫލް
އއ.ތޮއްޑޫ / ދިވެހިރާއްޖެ ނަންބަރު: 21 /2018/GS66/IUL
އިޢުލާން
ސްކޫލްގެ އޮފީސް އިމާރާތުގެ ކަރަންޓްވައިރު ބަދަލުކުރުމާއި ބެހޭ
މި ސްކޫލުގެ އޮފީސް އިމާރާތުގެ ކަރަންޓްވައިރު އަމިއްލަ ތަކެތީގައި ބަދަލު ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި ކުރެވުނު މި ސްކޫލްގެ ނަންބަރ 08GS66/IUL/2018/ (21 ފެބްރުއަރީ 2018) އިޢުލާނަށް ހުށަހެޅިފައިވާ އަންދާސީ ހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް |
ތާރީޚާއި ގަޑި: 24 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
ތާރީޚާއި ގަޑި: 30 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 13:30 ތަން: ތޮއްޑޫ ސްކޫލް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންޖެހޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަމްބަރ ފޯނާއެވެ.
01 ޝަޢުބާން 1439
17 އޭޕްރިލް 2018