މަޤާމް:
|
މަސައްކަތު
|
ބޭނުންވާ ޢަދަދު:
|
02 (ދޭއް)
|
މަޤާމުގެ ބާވަތް:
|
ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 01 އަހަރުދުވަހުގެ މުއްދަތަށް ހަމަޖައްސައިދެވޭ ވަޒީފާއެކެވެ. މިއީ ސިވިލް ސާރވިސްގެ ވަޒީފާއެއް ނޫނެވެ.)
|
މަޤާމު އޮތް އޮފީސް:
|
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ނަޑެއްލާ ވޭސްޓް މެނޭޖްމަންޓް ސެންޓަރ
|
މަޤާމުގެ މުސާރަ:
|
4,150.00 ރުފިޔާ (ހަތަރު ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ) މަހަކަށް
|
މަޤާމުގެ ޝަރުޠުތައް:
|
- ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ހުނަރު އަދި ޤާބިލުކަން ލިބިފައިވުން.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން.
- މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް :
|
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ކުނީގެ ގޮތުގައި ގެންދެވޭ ތަކެތި ވަކިކޮށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށް ބައިބަޔަށް އެޅުން.
- ކުނީގެ ގޮތުގައި ގެންދާ ތަކެތި ވީހާވެސް ކުޑަ ޖާގައެއްގައި ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުން.
- ކޮންމެ ދުވަހަކު ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އެތެރެއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބޭރުގައި ވަށައިގެން ފަޅާފައި ހުންނަ ގަސްތައް ނޮޅައި ކުނިބުނިތައް ނަގައި ސާފުކޮށް ބެލެހެއްޓުން.
- ކޮންމެ ދުވަހަކު ވެސް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހުޅުވައި ބަންދުކުރަން ހަމަޖެހިފައިވާ ގަޑިތަކުގައި ޤަވާޢިދުން ހުޅުވުމާއި ބަންދުކުރުން.
- ކުންޏާއިބެހޭގޮތުން ހަމަޖެހިފައި އޮންނަ އުޞޫލާ ޚިލާފްވާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލްގެ އިދާރާއަށް ދިނުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ލިބޭގެއްލުންތައް ކައުންސިލްއިދާރާއަށް އެންގުން އަދި ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
- ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި ބޭނުން ކުރާ އަދި މަސައްކަތުގައި ގެންގުޅޭ އެންމެހާ ތަކެތި ރައްކާތެރިކަމާއެކު ސާފުކޮށް ބެލެހެއްޓުން.
- ކައުންސިލްގެ އިދާރާގެ ކަމާބެހޭ ޔުނިޓުން މަސައްކަތުގެ ދާއިރާގެ ތެރެއިން ކުރަން ޙަވާލުކުރެވޭ އެންމެހާ މަސައްކަތްތައްކުރުން.
- ކައުންސިލްގެ އިދާރާއިން ކުރިޔަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުން.
- އަދި މިނޫނަސް ކައުންސިލްގެ އިދާރާއިން ޙަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ އެއްގަމު ވެހިކަލް ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
ވަޒީފާއަށް އެދޭ ފޯމު ނަޑެއްލާ ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 އޭޕްރީލު 2018ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 27 އޭޕްރީލު 2018އާއި 30 އޭޕްރީލު 2018 އާ ދެމެދު ގދ. ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ޝޯޓް ލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެކެވެ.
|
އިތުރު މަޢުލޫމާތު ހޯދުން:
|
މިއިދާރައިން ކުރެވުނު ނަންބަރ: (IUL)418-AS/418/2018/19 (03އޭޕްރިލް2018) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން މި މަޤާމަށް ހުށަހަޅާފައި ނުވާތީ މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ދެވަނަ ފަހަރަށް އިޢުލާންކުރީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު:6840007 ފޯނަށް ގުޅުއްވައިގެންނާއި އީ-މެއިލް މެދުވެރިކޮށް އަދި މި އިދާރާއަށް ޙާޟިރުވެގެން ވެސް މަޢުލޫމާތު ސާފުކުރެވޭނެއެވެ.
|