ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

   ލ.ކުނަހަންދޫ ފުޓްބޯޅު ދަނޑުގައި ބޯޅުގެ އިމާރާތް ކުރުމަށް ކުރި ނަންބަރ 405-A/2018/16  ( 02 އޭޕްރިލް 2018 ) އިޢުލާނަށް ބިޑު ހުށައަޅާފައިނުވާތީ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.  

    ކުނަހަންދޫ ފުޓްބޯޅު ދަނޑުގައި ބޯޅުގެ އިމާރާތް ކުރުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ މިމަސައްކަތް ކޮށްދިނުމަށް ސައުގުވެރިވާ ފަރާތްތަކުން 24 އޭޕްރީލް 2018 ވާ އަންގާރަ ދުވަހުގެ 10:30 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 29 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން  އެދެމެވެ. މައުލޫމާތު ކަރުދާހުގެ އަގަކީ -/250 ރުފިޔާއެވެ. އަދި މަޢުލޫމާތު ސާފްކުރުމަށްފަހު ބިޑު ހުށަނާޅާ ފަރާތްތައް 3 މަސް ދުވަހަށް މި ކައުންސިލުން އިޢުލާން ކުރާ އެއްވެސް ޕްރޮޖެކްޓަކަށް ކުރިމަށްޗެއް ނުލެވޭނެއެވެ. އަދި މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބާތިލްކުރެވޭނެއެވެ.  އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެކަން އެގޭނެ ސިޓީ އެއް ހުށައަޅަން ވާނެއެވެ. 

ވީމާ ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.  

01  ޝައުބާން 1439

17  އޭޕްރީލް  2018

17 އޭޕްރިލް 2018
ހޯދާ