އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                                    ނަންބަރު:  IUL)345-CAA/345/2018/12)

 

އިޢުލާން

 

  • އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ:

 

                   މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް  ހޯދުމަށް ބޭނުންވެއްޖެއެވެ.

                   ވީމާ، މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 2018 އޭޕްރީލް 26 (ބުރާސްފަތި) ދުވަހުގެ 10:30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 30 އޭޕްރީލް 2018 (ހޯމަ) ދުވަހުގެ 10:30 އަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި "އއ.މާޅޮހު ކައުންސިލް އިދާރާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައެވެ.

                  މިކަމަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހު ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރަން އަންނަ ފަރާތްތަކަށެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 އޭޕްރިލް 2018
ހޯދާ