ދިވެހިރާއްޖެ
ނަމްބަރު: IUL)388-PRO/388/2018/23)
އިޢުލާން
ފުޓްބޯޅަދަނޑުގެ ޗޭންޖިންގ ރޫމްގެ ނުނިމިހުރި މަސައްކަތްތައް ކުރުމާއި ގުޅޭ
ވަންދޫ ފުޓްބޯޅަ ދަނޑުގެ ޗޭންޖިންގ ރޫމްގެ ނުނިމިހުރި ތިރީގައި މިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 22 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހު 10:00 ގައި މިއިދާރާއިން މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހު 10:00 ގައި މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް އެއްފަރާތެއްގެ ނަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މައުލޫމަތު ސާފުކުރުމަށް ވަޑައިގެންނެވި ފަރާތްތަކަށެވެ. މައުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އަދި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައި ޑީ ކާޑު އަދި ކުންފުންޏެއް ނުވަތަ ވިޔަފާރިއެއްނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ކުންފުންޏެއް ނުވަތަ އަމިއްލަ ފަރުދެއްގެ ބަދަލުގައި އެހެންފަރާތެއް ޙާޟިރުވާނަމަ ވެރިފަރާތުގެ ނުވަތަ ކުންފުނީގެ ރަސްމީ ސިޓީއެއް މަތީގައި ބަޔާންކުރެވިފައިވާ ތަކެތީގެ އިތުރުން ހުށަހަޅަން ވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ހުށަހަޅުއްވާ އަންދާސީ ހިސާބުގައި އެފަރާތެއްގެ ނަމާއި އެޑްރެސް އަދި މަސައްކަތުގެ ނަމާއި މަސައްކަތުގެ އަގު އަދި މަސައްކަތް ކުރުމަށް ރާވާފައިވާގޮތް އެނގޭނޭހެން ތަފްސީލްކޮށް ހިމަނަންވާނެއެވެ.
- ޢިމާރާރުގެ ސީލިންގ ކުރުމާއި މުށިޖެހުން
- ޢިމާރާތުގެ ވަށައިގެންވާ ލައިޓްތައް އަދި ސޮކެޓާއި ސްވިޗްތައް ބަދަލުކުން
- ޢިމާރާތުގެ ފެންމޯޓަރު ބަދަލުކުރުން
- ޢިމާރާތުގެ ނަންބޯޑް ހެދުން
- ޢިމާރާތުގެ ކުލަޔާއި ދަވާދުލުން
- ޢިމާރާތުގެ ކަނޑައިގެންގޮސްފައިވާ ތަންތަން މަރާމާތުކުރުން
- ޢިމާރާތުގެ ފެންލައިޓްތައް އަދި އެގްޒޯސްޓް ހަރުކުރުން
- ބެންޗުތައް މަރާމާތުކޮށް 24 ލޮކަރު އަދި ދިދަދަނޑި ހެދުން
- ޢިމާރާތުގެ ފެންވިއްސުމުގެ މައްސަލަ ހައްލުކުރުން
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަންދޫ ކައުންސިލް އިދާރާގެ ނަމްބަރު 7980047 ފޯނާގުޅުއްވުންއެދެމެވެ.
ވީމާ، މިކަން އާންމުކޮށް އެންގުމަށް އިޢުލާނުކުރީމެވެ.