މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ރަށު ޕިކަޕެއް ގަންނަން ބޭނުންވެއްޖެ

ރ. އަނގޮޅިތީމުގައި ދެމެހެއްޓެނިވި ރައްކާތެރި ގޮތެއްގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ ރަށު ޕިކަޕެއް ގަތުމަށް ބޭނުންވެގެން ކުރެވުނު އިޢްލާން ނަންބަރު (IUL)301/301/2018/23 އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީވެ އެ އިޢްލާން ބާތިލްކޮށް 3 ވަނަ ފަހަރަށް އިޢްލާން ކުރަމެވެ. މި ޕިކަޕް ގަތުމަށް އަނގޮޅިތީމު ކައުންސިލްގެ އިދާރާއިން އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ޚަރަދުނުކޮށް ތިރީގައި މިދަންނަވާ ގޮތަށް ޕިކަޕް ވިއްކަން އެދޭ ފަރާތްތަކުން 22 އޭޕްރީލް 2018ވާ އާދިއްތަ ދުވަހު 11:00އަށް އަނގޮޅިތީމު ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢްލޫމާތު ސާފު ކުރެއްވުމަށްފަހު 29 އޭޕްރީލް 2018 ވާ އާދީއްތަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި ބީލަމުގެ މަޢްލޫމާތު ސެޝަން އަދި ބިޑް ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ އައިޑީކާޑުގެ އަސްލު އަދި ބަދަލުގައި ހާޒިރުވާ ބޭފުޅުން ތަމްސީލު ކުރައްވާ ކުންފުނި / ޝަޚުސުގެ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.

މި އިދާރާއަށް ގަންނަން އެދޭ ޕިކަޕު (ޓްރައި ސައިކަލް) ސްޕެސިފިކޭޝަން:

  • ބްރޭންޑް: ކަވާކީ
  • އިންޖިން ކެޕޭސިޓީ: 200ސީސީ
  • ލޯޑިން ކެޕޭސިޓީ: > 1000 ކިލޯ
  • އިންޖިން / ބެޓްރީ: އިންޖިން

ވީމާ މަތީގައި ދެންނެވިފައވާ ތާރީޚްތަކުގައި މި ބީލާމއި ބެހޭ ގޮތުން މަޢްލޫމާތު ސާފު ކުރެއްވުމަށްފަހު ދެންނެވިފައިވާ ތާރީޚަށް ބިޑް ހުށަހެޅުއްވުމަށް ދެންނެވީމެވެ.

30  ރަޖަބް   1439

16 އޭޕްރިލް 2018
ހޯދާ