މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަފަނާ ސަރަޙައްދުގައި ހަޓު ޖެހުން

            ޖަފަނާ ސަރަހައްދުގައި ހަޓްހެދުމަށް މިއިދާރާއިން ކުރެވިފައިވާނަންބަރު: (IUL)335-AS/335/2018/29އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

            އާންމު ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށް ޖަފަނާ ޕާރކް ސަރަޙައްދުގައި ހަދާފައިހުރި ބައެއް ހަޓުތައް މަރާމާތުކޮށް އަލުން ހަޓުތަކަކާއި އަށިތަކެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

            ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22އޭޕްރީލް 2018 ވާ އާދިއްތަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 އޭޕްރީލް 2018 ވާ ބުރާސްފަތިދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

15 އޭޕްރިލް 2018
ހޯދާ