މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނީ ބައެއް ލިއުންތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް

އިޢުލާން

                 ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނީ ބައެއް ލިއުންތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 އޭޕްރިލް 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 30 އޭޕްރިލް 2018 ވާ ހޯމަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

30 ރަޖަބު 1439

16 އޭޕްރިލް 2018
ހޯދާ