ދިވެހިރާއްޖެ
ޖުލައި 2018 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސްތައް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކަށް ފޯމު ބަލައިގަންނާނީ 19 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުން ފެށިގެން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯސްތަކާއި ބެހޭ އިތުރު މައުލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ 2018 ޖުލައިގައިފަށާ ކޯސްތަކުގެ މަޢުލޫމާތުހިމެނޭ ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
އެމް.އެން.ޔޫ ބިޒްނަސް ސްކޫލް
- ބެޗްލަރ އޮފް އެކައުންޓިންގ އެންޑް ފައިނޭންސް – ގދ.ތިނަދޫ
- އޭ.އޭ.ޓީ އެޑްވާންސްޑް ޑިޕްލޮމާ އިން އެކައުންޓިންގ (ލެވަލް 3) _ ފުލްޓައިމް (ހެނދުނު)
- އޭ.އޭ.ޓީ އެޑްވާންސްޑް ޑިޕްލޮމާ އިން އެކައުންޓިންގ (ލެވަލް 3) _ ބްލޮކް މޯޑް
- އޭ.އޭ.ޓީ ފައުންޑޭޝަން ސެޓްފިކެޓް އިން އެކައުންޓިންގ (ލެވަލް 2) _ ފުލްޓައިމް (ހެނދުނު)
- އޭ.ސީ .ސީ .އޭ (ނޮލެޖް ލެވެލް)_ ފުލްޓައިމް (ހަވީރު)
- އޭ.ސީ .ސީ .އޭ (ސްކިލްސް ލެވެލް)_ ފުލްޓައިމް (ހަވީރު)
މަތީގައިވާ ކޯސްތަކުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
http://mnu.edu.mv/wp-content/uploads/2017/11/Course-info-sheet-2018-JULY-Intake-10.pdf
16 އެޕްރިލް 2018