މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުރީގެ ރ. މާކުރަތު މިރުސްމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ކުރެވިފައިވާ ޢިމާރާތް ރ. މާކުރަތު ކައުންސިލާއި ހަވާލު ކުރުމަށް އެންގުން

އިޢުލާން

ކުރީގެ ރ. މާކުރަތު މިރުސްމާގެ އެވެ ކިޔާ ބަންޑާރަ ގޯތީގައި ކުރެވިފައިވަ ޢިމާރާތް ރ. މާކުރަތު ކައުންސިލާއި ހަވާލު ކުރުމަށް އެންގުން

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 235 ވަނަ މާއްދާއާއި، 247 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، ޤާނޫނު ނަންބަރު: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 139 މާއްދާއާއި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން އެކުލަވާލާފައިވާ ވ. ނަންބަރު: 44 ޢަދަދު: 274 (17 ސެޕްޓެމްބަރ 2015) (އަތޮޅުތައް ހިންގުމުގެ ބޭނުމަށް ޤާއިމްކޮށްފައިވާ ޢިމާރާތްތަކާއި ވަސީލަތްތައް ބޭނުން ކުރުމުގެ އުސޫލު) ގެ 6 ވަނަ ނަންބަރުގެ (ށ) އިން ބާރުލިބޭ ބިންތަކާއި ޢިމާރާތްތަކަކީ ކައުންސިލްގެ ދަށަށް ބަދަލުވެފައިވާ ތަންތަން ކަމަށާއި، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، ކުރީގެ ރ. މާކުރަތު މިރުސްމާގެ އެވެ ކިޔާ ބަންޑާރަ ބިމާއި އެބިމުގައިވާ ރުއްގަހާއި މިހާރުހުރި ޢިމާރާތް އެއްވެސް ފަރާތަކަށް ކުއްޔަށްދީ ނުވަތަ ހިންގާ ބެލެހެއްޓުމަށް އެގްރީމެންޓްކޮށް ޤާނޫނީގޮތުން ހަވާލުކުރެވިފައިވާކަން އެނގެންނެތް ކަމުގައިވެސް ދަންނަވަމެވެ.

އަދި އެރަށެއްގެ ރައްޔިތުންގެ ނަމުގައި ނުވަތަ ރައްޔިތުންގެ ތެރެއިން ބައެއްގެ ނަމުގައި ހުންނަ ޢިމާރާތްތަކާއި، ބިންތަކާއި، ވަލުރުއްގަހާއި، ރައްޔިތުންގެ ނަމުގައި އެކިއެކި އެކައުންޓްތަކުގައި ހުންނަ ފައިސާއާއި، ތަންތަނާއި، ތަކެތި ހުންނަންޖެހޭނީ ރަށު ކައުންސިލްގެ އިދާރާގެ މިލްކިއްޔާތުގެ ތެރޭގައިހިމެނި، ރަށު ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ކަމަށްވެފައި، އެފަދަ ޢިމާރާތްތަކާއި، ގެސްޓްހައުސްތަކާއި، ތަންތަން އެކިފަރާތްތަކަށް ކުއްޔަށް ދީގެން ނުވަތަ އެފަދަ ތަކެތި ވިއްކައިގެން، ނީލަން ކިޔައިގެން ލިބޭ ފައިސާއާއި، އެތަންތަނަށް ޚަރަދުކުރަންޖެހޭ ފައިސާގެ ކަންތައްތައް ބަލަހައްޓަންޖެހޭނީ ރަށު ކައުންސިލްގެ އިދާރާގެ ބެލުމުގެ ދަށުން، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށްކަން ފާހަގަ ކުރަމެވެ.

އަދި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ރ. މާކުރަތު ރައްޔިތުންގެ ރަށްވެހިގެ (ކުރީގެ މިރުސްމާގެ) ހުރި ބަންޑާރަ ބިމާއި އެބިމުގައި ހުރި އެންމެހައި ޢިމާރާތަތްކާއި ވަޅުފަދަ ތަންތަނާއި އެންމެހައި ތަކެއްޗަކީ، ޤާނޫނީ ހަމަތަކުން ދައުލަތުގެ ތަންތަނާއި ތަކެތިކަން އެނގެން އޮތުމުން، ކުރިންވެސް އަދި މިހާރުވެސް އެބިމާއި ޢިމާރާތް ހުންނަންޖެހޭނީ މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމުގައި ދަންނަވަމެވެ.

ވުމާއެކު، މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ނަމުގައި ކަމަށް ބުނެ ބަޔަކު ބޭނުން ކުރަމުން ގެންދާ މާކުރަތު ރައްޔިތުންގެ ރައްވެހިގެ ނުވަތަ ކުރީގެ މިރުސްމާގެ ހުރި ބިމާއި އެބިމުގައިވާ ރުއްގަހާއި ތަކެތި އަދި ޢިމާރާތް ކުއްޔަށް ދީގެން މިހާތަނަށް ލިބިފައިވާ އެންމެހައި ފައިސާއާއި، މާކުރަތު ރައްޔިތުންގެ ނުވަތަ އެޢިމާރާތް ބޭނުންކުރާ ފަރާތްތަކުން ދެކޭގޮތުގައިނަމަ (މާކުރަތު އިރުމަތީ އަވަށު ރައްޔިތުންގެ ގެސްޓްހައުސް)ގެ ހުރިހާ ދޮރުފަތްތަކެއްގެ އަދި ހުރިހާ ފާޚާނާތަކެއްގެ ތަޅުދަނޑިތައް، އެތަކެތި ގެންގުޅުއްވާ ފަރާތްތަކުން، މިއަދު، 12 އޭޕްރީލް 2018 ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާއާއި ޙަވާލު ކުރުމަށް އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.  

އަދި މިކައުންސިލުގެ ހުއްދަ ނެތި ޤާނޫނީ ހަމަތަކުން ބޭރުން އެ ޢިމާރާތާއި ޢިމާރާތުގައިހުރި ވަސީލަތްތައް ބޭނުން ނުކުރުމަށާއި، ކުރިންވެސް އަދި މިހާރުވެސް އެ ޢިމާރާތް ބޭނުން ކުރަމުން ގެންދާ ފަރާތްތަކުން، ބޭނުން ކުރަމުން ގެންދާ ގެންދިއުމަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ބަޔަކު ކުރަމުން ގެންދާ ޣައިރު ޤާނޫނީ ޢަމަލަކަށްވާތީ، 12 އޭޕްރީލް 2018 ދުވަހުން ފެށިގެން އެ ޢިމާރާތާއި ޢިމާރާތުގައިވާ އެއްވެސް އެއްޗެއް ބޭނުން ނުކުރުމަށާއި، ޢިމާރާތާއި ޢިމާރާތް ހުރި ގޯތިތެރެއަށް އެ ޢިމާރާތް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް މިހާރު ބޭނުން ކުރަމުން ގެންދާ ފަރާތްތަކުން މި ކައުންސިލުގެ ހުއްދައަކާއިނުލާ ނުވަނުމަށް އަންގައި ނަޞޭޙަތްތެރި ވަމެވެ.

ވީމާ، މިއެންގުމާއި ޚިލާފަށް ޢަމަލު ކުރަމުން ގެންދާނަމަ، ކަމާބެހޭ އިދާރާތައް މެދުވެރިކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ ޤާނޫނީ އެންމެހައި ފިޔަވަޅުތައް މިކައުންސިލުން ކުރިއަށް އޮތްތަނުގައި އަޅާނެ ވާހަކަ އާންމުކޮށް އެންގީމެވެ.

މިހެންވެ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

12 އޭޕްރިލް 2018
ހޯދާ