ދިވެހިރާއްޖެ
އިޢުލާން
ކެލާ ކައުންސިލްގެ 08 ވަނަ ޤުރްއާން މުބާރާތް - 2018 |
ކެލާ ކައުންސިލްގެ 08 ވަނަ ޤުރްއާން މުބާރާތް 2018 ޖޫން 01 ވަނަ ދުވަހު ފެށުމަށްވަނީ ހަމަޖެހިފައެވެ.
މިއީ 2018 ވަނަ ބޭއްވުމަށް ހަމަޖެހިފައިވާ ހއ. އަތޮޅު ޤުރްއާން މުބާރާތުގައި މިރަށުން ވާދަކުރާނެ ދަރިވަރުން ހޮވުމަށްޓަކައި ބާއްވާ މުބާރާތެކެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މިރަށުގެ ސްކޫލް މަދަރުސާ ތަކަށާއި ރަޖިސްޓްރީ ކޮށްގެން މިރަށުގައި ހިންގާ ޤުރްއާން ކުލާސްތަކަށެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ 20 މެއި 2018 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ. މުބާރާތުގައި ބައިވެރި ވުމަށްއެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ 17 އޭޕްރިލް 2018 ވަނަ ދުވަހުން ފެށިގެން ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުންނެވެ. އަދި މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކެލާ ކައުންސިލް އިދާރާގެ ވެބްސައިޓް www.kelaa.gov.mv އިން ލިބެން ހުންނާނެއެވެ.
މި މުބާރާތުގައި ބައިވެރިކުރެވޭނެ އުމުރުފުރާތަކާއި މުޤައްރަރު ތިރީގައި މިވަނީއެވެ.
# |
އުމުރުފުރާ |
ފޮތުން ކިޔެވުމުގެ ބައި |
ހިތުން ކިޔެވުމުގެ ބައި |
ޕްރީސްކޫލަށް ޙާއްސަ |
|||
1 |
ބޭބީ ނާސަރީ |
- |
سورة الإخلاص އިން ފެށިގެން سورة الـناس |
2 |
ނާސަރީ |
- |
سورة الـعصر އިން ފެށިގެން سورة الـناس |
ފައުންޑޭޝަން ސްޓޭޖަށް ޙާއްސަ |
|||
3 |
އެލް.ކޭ.ޖީ |
1 ފޮތް ( އައްމާފޮތް ) |
سورة الضـحى އިން ފެށިގެން سورة الـناس |
4 |
ޔޫ.ކޭ.ޖީ |
سورة الـبلد އިން ފެށިގެން سورة الـناس |
|
ކީ ސްޓޭޖަށް ޙާއްސަ |
|||
4 |
ގްރޭޑް 1، 2 |
2 ފޮތް |
1 ފޮތް ( އައްމާފޮތް ) |
5 |
ގްރޭޑް 3، 4 |
5 ފޮތް |
2 ފޮތް |
ޤައުމީ މުޤައްރަރަށް ޙާއްސަ |
|||
ފޮތުން ކިޔެވުމުގެ ބައި |
ހިތުން ކިޔެވުމުގެ ބައި |
||
ވިދިވިދިގެން 10 ފޮތް ތަޖްވީދުގެ ހަމަތަކުގެ މަތިން |
ވިދިވިދިގެން 5 ފޮތް ތަޖްވީދުގެ ހަމަތަކުގެ މަތިން |
||
ވިދިވިދިގެން 20 ފޮތް ތަޖްވީދުގެ ހަމަތަކުގެ މަތިން |
ވިދިވިދިގެން 10 ފޮތް ތަޖްވީދުގެ ހަމަތަކުގެ މަތިން |
||
މުޅި ޤުރްއާން ތަޖްވީދުގެ ހަމަތަކުގެ މަތިން |
ވިދިވިދިގެން 20 ފޮތް ތަޖްވީދުގެ ހަމަތަކުގެ މަތިން |
15 އޭޕްރިލް 2018