ދިވެހިރާއްޖެ
މި ކައުންސިލުން އައިޑީ ކާޑުގެ ޚިދްމަތް ދިނުމަށް ބޭނުންވާ ޑިޖިޓަލް ކެމެރާއެއް އަމިއްލަ ތަކެތީގައި ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢްލާނާއި ގުޅިގެން ލިބުނު އަންދާޒީ ހިސާބުތައް ބޮޑުކަމަށް ފެންނާތީވެ އެ އިޢްލާން (ނަންބަރު (IUL)301/301/2018/24 ) ބާތިލްކޮށް އަލުން އިޢްލާން ކުރަމެވެ. މި ކެމެރާ ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ މަޢްލޫމާތު ޝީޓު މި އިޢްލާނާއި އެކުގައި ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެއެވެ. މި ކެމެރާ ވިއްކުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން 22 އޭޕްރީލް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް މެއިލްގެ ޒަރީޢާއިން އަގު ހުށަހެޅުއްވުން އެދެމެވެ.
މި މަސައްކަތަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މި އިދާރާއަށް މަޢްލޫމާތު ހޯދުމަށް ރިކުއެސްޓް ކުރުމަށާއި އަގު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. މި ކަމާއި ބެހޭގޮތުން އިތުރު މަޢްލުމާތު ބޭނުންވާ ފަރާތްތަކުން މި އިދާރާގެ ފޯން ނަންބަރު 6580071 އާއި ގުޅުއްވުން އެދެމެވެ.
29 ރަޖަބް 1439