ދިވެހިރާއްޖެ
އިޢުލާން
ސަބާ ޕްރޮޖެކްޓް – އެކްސްޓަރނަލް އޮޑިޓް 2017
މި މިނިސްޓްރީގެ ބެލެނިވެރިކަމުގެ ދަށުން ތަންފީޛްކުރެވެމުންދާ ސަބާ ޕްރެޖެކްޓް (SABAH Project) ގެ އަހަރީ އެކްސްޓަރނަލް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރިންކުރި ނަންބަރ IUL)101/1/2018/67) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާވަރަށް މަޢުލޫމާތު ސާފުކުރަން ވަޑައިގެންފައި ނުވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އާންމުކޮށް އިޢުލާނު ކުރަމެވެ.
ވިމާ މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސެޝަން އަށް 22 އޭޕްރިލް 2018ވާ އާދިއްތަ ދުވަހުގެ 10:00 އަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރސްޓް ފްލޯ ކޮންފަރެންސް ރޫމް އަށް ވަޑައިގެން ދެއްވުން އެދެމެވެ. ބީލަން ބަލައިގަނެވޭނީ މައުލޫމާތު ސެޝަންގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅާ ބީލަން އެކަންޏެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 25 އޭޕްރިލް 2018ވާ ބުދަ ދުވަހުގެ 11:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރސްޓް ފްލޯ ކޮންފަރެންސް ރޫމްގައެވެ. 11:00ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރ (IUL)101-AF/1/2018/81 އާއި ސަބާ ޕްރޮޖެކްޓް- އެކްސްޓަރނަލް އޮޑިޓް މިހެން ލިޔެ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަށް އެޑްރެސްކޮށްފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3003019 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
ބީލަން ހުށަހަޅާނެގޮތުގެ އިތުރު މަޢުލޫމާތާއި "އެޕްލިކޭޝަން ފޮރ ބިޑް ސަބްމިޝަން" އަދި މަސައްކަތުގެ ޓާމްސްއޮފް ރިފަރެންސް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
