ދިވެހިރާއްޖެ
މިރަށު މަސްޖިދުއްޞަލާޙް މިސްކިތް، ފިރިހެނުންގެ ކުޑަމިސްކިތް، އާޘާރީ މިސްކިތް، މި 03 މިސްކިތައް މަސައްކަތު ވޭޖު އެންޕްލޯއިމަންޓްގެ ދަށުން މަސައްކަތް ކޮށްދެއްވާނެ މީހުން ބޭނުންވެއްޖެއެވެ. އަދި މިކަމަށް މީގެ ކުރިން ކުރި ނަމްބަރު: (IUL)257/257/2018/9 ( 6 މާރިޗު 2018 ) އިއުލާން ގެޒެޓް ކުރެވިފައި ނުވާތީ ، 10 އޭޕްރީލް 2018 ގައި ވަނީ ބާޠިލު ކުރެވިފައެވެ.
މަޤާމު: މަސައްކަތު ( މަޤާމުގެ ނަމްބަރ: - )
ބޭނުންވާ ޢަދަދު: 06
މަސައްކަތް ކުރާތަން: ހއ. ބާރަށު މިސްކިތްތައް
އުޖޫރަ: މަސައްކަރްކުރާ ގަޑިއަކަށް 40/- ރުފިޔާ
ސަރވިސް އެލަވަންސް: ނެތް * އިތުރު ގަޑިއާއި، ބަންދު ދުވަހުގެ ފައިސާ: ނެތް
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގުރޭޑް 1
މަޤާމުގެ ފެންވަރު ނުވަތަ ޝަރުޠު:
- ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން.
މި މަގާމަށް މީހުން ހޮވުމުގައި ލިބިފައިވާ ތަޖުރިބާއާއި އިންޓަވިއުއަށް ބެލެވޭނެއެވެ.
ހުށަހަޅަންޖެހޭ ތަކެތި:
ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
އައިޑީ ކާޑް ( ކިޔަން އެގޭސާފް ) ކޮޕީ
ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ( އެކްރެޑިޓް ކޮށްފައިވާ އަދި އަޞްލާ އެއްގޮތްކަމުގެ ތައްގަޑު ޖައްސަވައި ވެރިޔެއްގެ ސޮއި ކުރައްވާފައިވާ ) ކޮޕީ
ސްކޫލެއްގައި އުޅެފައިވާނަމަ ލީވިންގ ސެޓްފިކެޓް ގެ ކޮޕީ
ވަޒީފާއެއްގައި އުޅެފައިވާނަމަ އެވަޒީފާއެއްގައި އުޅުނުކަމުގެ ލިޔުން
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: ހއ. ބާރަށު ކައުންސިލްގެ އިދާރާ
ތަކެތި ހުށަހެޅުމުގެ ސުންގަޑި: 18 އޭޕްރީލް 2018 ވާ ( ބުދަ ) ދުވަހުގެ 13.00 ގެ ކުރިން
24 ރަޖަބު 1439
10 އޭޕްރީލް 2018
ޢަލީ ޝަމީމް
ކައުންސިލްގެ ރައީސް