ދިވެހިރާއްޖެ
ނަންބަރު: 20 /IUL)120/1/2018)
އިޢުލާން
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދުން
2018 ވަނަ އަހަރު މިޑިޕާޓްމަންޓުން ހިންގާ އެކިއެކި އިމްތިޙާން ތަކުގެ ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަން ކޮށްދޭނެ މީހުން ހޯދަން ބޭނުންވެއެވެ.
ތިރީގައި އެވަނީ މިއަހަރުގައި އޮންނާނެކަމަށް ލަފާކުރެވޭ އިމްތިޙާން ތަކާއި މިއިމްތިޙާންތައް އޮންނާނެކަމަށް ލަފާކުރެވޭ ދުވަސްވަރާއި ގަޑިއެވެ.
- 1. އޭޕްރިލް/މޭ/ޖޫން 2018
އޭސސީއޭ އިމްތިޙާން (މެންދުރުފަހު 2.00 ން ހަވީރު5.15އަށް )
ހެރިއަޓް ވޮޓް އިމްތިޙާން (މެންދުރުފަހު 2.00 ން ހަވީރު5.15އަށް އަދި ހަވީރު 5.00 ން ރޭގަނޑު 8.00އަށް)
އެހެނިހެން އޮންޑިމާންޑް އިމްތިޙާންތައް (ހެނދުނު 9.00 ން މެންދުރު 12.00އަށް އަދި މެންދުރުފަހު 2.00 ން ހަވީރު5.00އަށް)
- 2. ސެޕްޓެމްބަރ 2018
އޭސީސީއޭ އިމްތިޙާން (މެންދުރުފަހު 2.00 ން ހަވީރު5.15އަށް )
- 3. އޮކްޓޯބަރ/ނޮވެމްބަރ 2018
ކެމްބްރިޖް އޯލެވެލް، އެޑެކްސެލް އޭލެވެލް އިމްތިޙާން
- 4. ޑިސެމްބަރ 2018
– ކެމްބްރިޖް އިންގްލިޝް އިމްތިޙާންތައް،
އޭސީސީއޭ އިމްތިޙާން (މެންދުރުފަހު 2.00 ން ހަވީރު5.15އަށް )
ހެރިއަޓް ވޮޓް އިމްތިޙާން (މެންދުރުފަހު 2.00 ން ހަވީރު5.15އަށް އަދި ހަވީރު 5.00 ން ރޭގަނޑު 8.00އަށް)
އެހެނިހެން އޮންޑިމާންޑް އިމްތިޙާންތައް (ހެނދުނު 9.00 ން މެންދުރު 12.00އަށް އަދި މެންދުރުފަހު 2.00 ން ހަވީރު5.00އަށް)
ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ފުރުމަށްފަހު 2018 އޭޕްރީލް 25 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިޑިޕާޓްމަންޓް ހިނގަމުންދާ، ފިލާބިލްޑިންގ2 ގެ 2 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.
ޗީފު އިންވިޖިލޭޓަރު ކަމާއި އިންވިޖިލޭޓަރުކަމަށް އެދޭ އެޕްލިކޭޝަން ފޯމް، މިޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މިޑިޕާޓްމަންޓުގެ ފޯނު ނަމްބަރު 3009393 އަށް ގުޅުން އެދެމެވެ.
26 ރަޖަބު 1439
12 އޭޕްރިލް 2018