ދިވެހިރާއްޖެ
މިރަށު ލޭންޑް ޔޫސްޕްލޭން ރިވައިސްކޮށް ކަމާހުޅޭ މުއައްސަސާއިން ފާސްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތްކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކައުންސިލްގެ އިދާރާގެ ނަންބަރު 6680539 ފޯނަށް ގުލުއްވައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 19 އޭޕްރީލް 2018 ވާ ދުވަހުގެ 13:00 ގެ ކުރިން މިމަސައްކަތް ކޮށްދޭނެ އަގު އަދި މުއްދަތު ބަޔާންކޮށް މިކައުންސިލްގެ އިދާރާއަށް ޕްރޮޕޯސަލް ހުށަހެޅުއްވުންއެދެމެވެ. ނުވަތަ ސުންގަޑީގެ ކުރިން [email protected] އަށް ޕްރޮޕޯސަލް މެއިލްކޮށްދެއްވުންއެދި ދެންނެވީމެވެ.
މިމަސައްކަތް ކޮށްދެއްވުމަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމަށް މާކްސް ދިނުމަށް ހަމަޖެހިފައިވާ އުޞޫލް ތިރީގައި އެވަނީއެވެ.
މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު: %80 މާކްސް (މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އެންމެ ކުޑަ އަގަށް އެންމެ މަތީ މާކްސް ލިބޭ އުޞޫލުން، ހުށަހެޅުނު އެންމެ ކުޑަ އަގު ގެއްލަން ހުށަހެޅުުނު އަގު ގުނަކުރަން 80)
މަސައްކަތް ނިންމާ ލޭންޑް ޔޫސްޕްލޭން ފާސްކުރުމަށް ހުށަހެޅުމަށް ނަގާ މުއްދަތު: %20 މާކްސް (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަށް އެންމެ ގިނަ މާކްސް ލިބޭ އުޞޫލުން ހުށަހެޅުނު އެންމެ ކުރު މުއްދަތު ގެއްލަން ހުށަހޅުުނު މުއްދަތު ގުނަކުރަން 20)
މިމަސައްކަތް ކުރުމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ދައުލަތުގެ މުއައްސަސާއެއްގައި ވިޔަފާރި ކުރުމަށް އަދި އާމްދަނީ ހޯދުމަށް މަސައްކަތެއްކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާންކުރީމެވެ.