ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
އެން.ސީ.އޭ - މިއުޒިކް ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު

ގިނަ ފަންނާނުންތަކަށް ފުރުޞަތު ހޯދައިދިނުމާއި ފަންނާނުންގެ ހުނަރު އެއްތަނަކުން ދައްކާލުމުގެ މަޤްސަދުގައި 2018 މެއި 11 އަދި 12 ވަނަ ދުވަހު މިއުޒިކް ފެސްޓިވަލްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިފެސްޓިވަލްގައި ފަންނުވެރިންގެ ހުނަރު ދައްކާލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދޭ ފޯމް 19 އޭޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން މިސެންޓަރުގެ ރިސެޕްޝަން އަށް ނުވަތަ [email protected]  އަށް ފޯމް ހުށަހެޅުއްވުން އެދެމެވެ.

މިފެސްޓިވަލްގައި ބައިވެރިވުމަށް އެދޭ އެޕްލިކޭޝަން ފޯމް މިސެންޓަރުގެ ވެބްސައިޓް www.nca.gov.mv އަދި ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3344667   ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

12 އޭޕްރިލް 2018
ހޯދާ