ދިވެހިރާއްޖެ
ނައިފަރު ބަނދަރު ޕްލޭންކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިއިދާރާއިން 25 ޖެނުއަރީ 2018 ގައި ކުރި އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ބިޑް ހުށަހަޅާފައިވާތީ، އެއިޢުލާން ބާޠިލްކޮށް ނައިފަރު ބަނދަރު ޕްލޭންކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. މިއީ މިއިޢުލާންކުރެވޭ ދެވަނަ ފަހަރުކަމުގައިވާތީ އެންމެ ފަރާތަކުން ބިޑް ހުށަހެޅިކަމުގައި ވިޔަސް ބިޑް އިވެލުއޭޓްކުރާއިރު 60 މާރކްސްއަށްވުރެ ގިނައިން ލިބޭނަމަ އެފަރާތަކާ މަސައްކަތްކުރުމަށް ޙަވާލުކުރެވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑިތަކަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ބިޑްފޮތް އަދިފޯމް 03 އޭޕްރީލް 2018 އިން ފެށިގެން 16 އޭޕްރީލް 2018ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 ދެމެދު ނައިފަރު ކައުންސިލްގެ އިދާރާއިން ގަންނަން ލިބެންހުންނާނެއެވެ. ފޯމާއެކު މަޢުލޫމާތުކަރުދާސް ލިބިވަޑައިގަންނަވާނެއެވެ. ފޯމެއްގެ އަގަކީ -/25ރ އެވެ.
ޕްރީބިޑް މީޓިންގ |
||
ތާރީޚް |
ވަގުތު |
ތަން |
17 އޭޕްރީލް 2018 |
13:00 |
ނައިފަރު ކައުންސިލް އިދާރާ |
ބިޑް ހުށަހެޅުން |
||
ތާރީޚް |
ވަގުތު |
ތަން |
10 މެއި 2018 |
13:00 |
ނައިފަރު ކައުންސިލް އިދާރާ |