ނޭކުރެންދޫ ސްކޫލް
ދިވެހިރާއްޖެ
ނޭކުރެންދޫ ސްކޫލަށް މަސައްކަތު މީހެއްގެ މަޤާމަށް މީހަކު ހޯދުން

ވަޒީފާގެ ފުރުޞަތު

މަޤާމު: މަސައްކަތު

ބޭނުންވާ އަދަދު:    1 (އެކެއް)

ގިންތި:   ކޮންޓްރެކްޓް ( 3 މަސް )

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: (އެސް އެސް 1)

ސެކްޝަން: އެޑްމިން

ވަޒީފާއޮތް އޮފީސް: ނޭކުރެންދޫ ސްކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން: ނޭކުރެންދޫ ސްކޫލް ހދ . ނޭކުރެންދޫ

މުސާރަ:  -/3100ރ (މަހަކު) 

ސަރވިސް އެލަވަންސް:  -/1000ރ (މަހަކު)  

އެހެނިހެން އިނާޔަތްތައް: ހަމަޖެހިފައި އޮންނަ އުސޫލުތަކުގެ ދަށުން އިތުރުގަޑީގައި މަސައްކަތް ކުރަންޖެހޭނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެ.

  މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1 - ސްކޫލުން ހަމަޖައްސާ ޑިއުޓީތަކަށް ނުކުމެ އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުން.

2 - ސްކޫލުގެ އިމާރާތާއި އެންމެހައި ތަންތަން ފޮޅައި، ކުނިކަހައި ސާފުކޮށް ބެލެހެއްޓުމާއި ފާޚާނާތައްދޮވެ ސާފުކޮށް ބެލެހެއްޓުން.

3 -  ސްކޫލުގެ އެންމެހާ އިމްތިޙާނުތަކަށް ބޭނުންވާގޮތަށް ގޮނޑި، މޭޒު އުފުލައި އެތުރުން.

4 -  ކްލާސްތަކަށް ގެންދަންޖެހޭ ތަކެތި ވަގުތުން ގެންގޮސް ، ހަވާލުކުރަން ޖެހޭ ފަރާތާއި ހަވާލުކުރުން.

5 -  ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ސްކޫލް ތައްޔާރުކުރުމަށް އެހީތެރިވުމާއި ސްކޫލުން ރާވާހިންގާ އިތުރު ހަރަކާތްތަކަށް ތަންތަން ތައްޔާރުކުރުމަށް އެހީވުން. 

 

 

 

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / މަސައްކަތު ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- މަސައްކަތާއި ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޖުރިބާ

- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު

ހުށަހަޅަންޖެހޭ ލިޔުންތައް:

1. މައުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުގެ އޮފީހުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ  www.csc.gov.mv  ޑައުންލޯޑްވެސް ކުރެއްވޭނެއެވެ. )

2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން. 

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދެ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެއްވޭނެކަމަށް މޯލްޑިވްސް  ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ (މި ފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަ ކުރުމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ކޮޕީ.

4. ފުރިހަމަ ކޮށްފައިވާ ކުރުމުއްދަތުގެ  ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ (ވަޒީފާއަދާކުރި މުއްދަތާއި، ކުރި  މަސައްކަތާއި، މުވައްޒަފުންގެ ޢަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ  ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނުނަންބަރު ހިމެނޭގޮތަށް)

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2017 އޭޕްރީލް 23 ހޯމަ ދުވަހުގެ މެންދުރު 12:30ގެ ކުރިން، ނޭކުރެންދޫ ސްކޫލް އޮފީހަށެވެ.  އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 2017 އޭޕްރީލް 24 އާއި 2017 އޭޕްރީލް 26 ދެމެދުގައި، ނޭކުރެންދޫ ސްކޫލުގައެވެ.

ޝޯޓް ލިސްޓްކުރުން:

މިއިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުން:

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިސްކޫލްގެ ނަންބަރު 6520553 ނަންބަރު ފޯނާއި ގުޅުއްވުމަށް ދަންނަވަމެވެ.

12 އޭޕްރިލް 2018
ހޯދާ