ދިވެހިރާއްޖެ
ނަންބަރު:01/IUL)/GAAH/2018)
އިޢުލާން
ގއ.ނިލަންދޫ ސިއްޙީމަރުކަޒުގެ މަރާމާތްކުރުމާބެހޭ
ގއ. ނިލަންދޫ ސިއްޙީމަރުކަޒުގެ ކުރަންހުރި މަރާމާތުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ގއ. އަތޮޅު ހޮސްޕިޓަލަށް ނުވަތަ ގއ. ނިލަންދޫ ސިއްޙީމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 26 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އަށް، ގއ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ގއ. ނިލަންދޫ ސިއްޙީމަރުކަޒަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
11 އެޕްރީލް 2018
25 ރަޖަބް 1439