ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
މިއޭޖެންސީގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ހާފްވޭހައުސްގައި ކުރަން ހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

                                           ނަންބަރު: IUL)434-A/434/2018/36)

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ:

      މިއޭޖެންސީގެ ދަށުން ހުޅުމާލޭގައި ހިންގަމުންދާ ހާފްވޭހައުސްގައި ކުރަން ހުރި ބައެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)434-A/434/2018/28) އިޢުލާނާއި ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އެންމެ 02 ފަރާތުން ވަޑައިގެންފައިވާތީ އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރީމެވެ.

      ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ / އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

 

ތާރީޙް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

15 އެޕްރީލު 2018

އާދިއްތަ

11:30 (މެންދުރުކުރި)

އަންދާސީ ހިސާބު ހުށަހެޅުއްވުން

18 އެޕްރީލު 2018

ބުދަ

11:30 (މެންދުރުކުރި)

 

 

 

     

 

10 އެޕްރީލް 2018
ހޯދާ