ދިވެހިރާއްޖެ
ނަންބަރު: 52/2017/393/393(IUL)( 16 ނޮވެމްބަރ 2017 ) ނަމްބަރު އިޢުލާނާ ގުޅިގެން މިސްކިތްތަކުގެ މުދިމުންނާއި އިމާމުން ޗުއްޓީއާއީ ސަލާމުގައި ތިބޭ ދުވަސްވަރު ވަގުތީ ގޮތުން މިސްކިތްތަކުގައި ބަންގިގޮވުމަށް އެކުލަވާލި ދަފުތަރު އުވާލަން ޖެހުމާ ގުޅިގެން އަލުން ދަފްތަރަށް މީހުން ނެގުމަށް އިއުލާންކުރީމެވެ. މިދަފުތަރަކީ 19 އެޕްރީލް 2018 ން ފެށިގެން 2018 ޑިސެމްބަރގެ ނިޔަލަށް އެކުލަވާލެވޭ ދަފުތަރެކެވެ. މިދަފުތަރު ދެމިއޮންނާނީވެސް 2018 ޑިސެމްބަރ ގެ ނިޔަލަށެވެ.
މި ދަފްތަރުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަކޮށްގެން 01 މަސްދުވަހުގެ ޓްރޭނިންގް ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
މަޤާމު: |
އިމާމު/ މުދިމު |
މުސާރަ: |
1- އިމާމު ކަމުގެ ޝަރުތު ފުރިހަމަ ވާނަމަ – މަސައްކަތްކުރާ ގަޑިއަކަށް -/56 ރުފިޔާ 2- މުދިމް ( އިމާމް ކަމުގެ ޝަރުތު ހަމަނުވާ ) – މަސައްކަތްކުރާ ގަޑިއަކަށް -/48 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ތަން: |
ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ މިސްކިތްތައް |
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
|
ފެންވަރު ނުވަތަ ޝަރުޠު: (ޝަރުޠު ފުރިހަމަ ވާމީހެއް ނަމަ) |
1- މުދިމު ކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ 2- ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ 3- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން |
ޝަރުޠު ފުރިހަމަ ނުވާ މީހެއްނަމަ |
1- އިމާމުވެ ނަމާދު ކުރަން އެނގޭ މީހަކަށްވުން 2- އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖްވީދު މަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ މީހަކަށްވުން
|
ސުންގަޑި: |
18 އޭޕްރިލް 2018 ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން |
ހުށަހަޅަންޖެހޭ ލިއުންތައް: |
1- މިކަމަށް އެދި ހުށަހަޅާ ސިޓީ 2- އެދޭ ފަރާތުގެ އައިޑީ ކާޑްގެ ދެފުށުގެ ފޮޓޯ ކޮޕީ 3- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ 4- ލިބިފައިވާ ތަޖްރިބާގެ ލިއުންތަކުގެ ކޮޕީ |
24 ރަޖަބް 1439
10 އޭޕްރިލް 2018