މިނިސްޓްރީ އޮފް ޓޫރިޒަމް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާ ރަށްރަށާއި، ބިންބިމާއި، ފަޅުތަކުގެ ލިސްޓު އިޞްލާޙުކުރުން
އިޢުލާން
މިމިނިސްޓްރީގެ ނަންބަރު IUL)88-LS/88/2016/36) (27 އޮކްޓޫބަރު 2016) އިޢުލާނާއި ޙަވާލާދީ ދަންނަވަމެވެ.
ޙަވާލާދީފައިވާ އިޢުލާނުގައި ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެ ތަންތަނާބެހޭ މަޢުލޫމާތު ހިމެނޭ ލިސްޓަށް މާލެ އަތޮޅު (ކ) ކާށިދޫ، "ކާށިދޫ ބިން (ދެކުނު)" އިތުރުކޮށް އެ ލިސްޓު އިޞްލާޙުކުރީމެވެ.
ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.
24 ރަޖަބު 1439
10 އެޕްރީލް 2018
ހޯދާ