މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އައްޑޫ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

ނަންބަރު: IUL)438/438/2018/134)

އިޢުލާން

އައްޑޫ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ހަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލުން

މި ތަމްރީން ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިޔަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން އައްޑޫ ހިމާޔަތްކޮށްފައިވާ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދުގައި ޓުއަރ ގައިޑުން ތަމްރީން ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން އެޑްމިނިސްޓަރކޮށް މި މިނިސްޓްރީން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އައްޑޫ ނޭޗަރ ޕާކެއް ގާއިމްކުރެވިގެންދާއިރު އެސަރަހައްދުގެ މާހައުލާއި އަދި އާސާރީ ތަންތަނާއި ގުޅޭ މަޢުލޫމާތު ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައި ދިނުމަށް ޓުއަރތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ.  

މިގޮތުން މި ތަމްރީން ޕްރޮގްރާމަކީ އައްޑޫ ނޭޗަރ ޕާކުގައި ހަރަކާތްތެރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމަށްޓަކައި ބޭއްވޭ ފުރަތަމަ ޕްރޮގްރާމެވެ.

މިފަދަ ޓްރެއިނިންގ ތަކުގައި ބައިވެރިވެ، ފުރިހަމަކުރާ ފަރާތްތަކަށް ކުރިޔަށްއޮތް ތަނުގައި އައްޑޫ ނޭޗަރ ޕާކަށް މުވައްޒަފުން ނެގުމުގައި އިސްކަންދެވޭނެއެވެ.

ޓްރެއިނިންގައި ހިމެނޭ ކަންތައްތައް:

  1. ތަނުގެ މާހައުލާއި އާސާރީ ތަންތަނުގެ މަޢުލޫމާތު
  2. ޓުއަރތައް ކުރިއަށް ގެންދާނެ ގޮތުގެ މަޢުލޫމާތު
  3. ޒިޔާރަތްކުރާ ފަރާތްތަކާއި މުޢާމަލާތްކުރާނެ ގޮތުގެ މަޢުލޫމާތު

މި ޕޮރޮގުރާމްގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
  • އައްޑޫގައި ދިރިއުޅޭ ރައްވެއްސަކަށް ވުން

ކޯހުގެ މުއްދަތު:

24 އިން 26 އެޕްރީލް 2018 އަށް (03 ދުވަސް)

ހުށަހަޅަންޖެހޭ ތަކެތި:

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮށް ކިޔަން އެނގޭނެ ކޮޕީއެއް

އެޕްލިކޭޝަން ފޯމް ލިބޭނީ:

  • އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ)

ހުށަހަޅަންޖެހޭ އޮފީސް:

  • އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ (އައްޑޫ ސިޓީ ކައުންސިލުގެ އިދާރާ، މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ)

ސުންގަޑި:

  • 18 އެޕްރީލް 2018، 14:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

  • 3018443 ގުޅުއްވުން އެދެމެވެ.

މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށަހަޅާ ފުރަތަމަ 5 ފަރާތަށް އިސްކަންދެވޭނެއެވެ. މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާނަމަ އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 18 އެޕްރީލް 2018 ގެ 14:00 ގެ ކުރިން އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް (މެދެ އާރި މަގު، މެދެ އަވަށް، ހިތަދޫ، ދިވެހިރާއްޖެ) އާއި ހަވާލު ކޮށްދެއްވުން އެދެމެވެ.

 

10 އެޕްރީލް 2018

10 އޭޕްރިލް 2018
ހޯދާ