މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މުދާ އުފުލާ ދޯނިފަހަރަށް މާލޭ ދެކުނު ފަރާތު ފަޅު ބޭނުންކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާލުމާއި ބެހޭ
އިޢުލާން
މުދާ އުފުލާ ދޯނިފަހަރަށް މާލޭ ދެކުނު ފަރާތު ފަޅު ބޭނުންކުރުމުގެ ހުއްދަ ދޫކުރުން ހުއްޓާ ލުމާއި ބެހޭ
މާލޭ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ރަނގަޅު ފެންވަރަކަށް ހަދަންފެށިފައި ވުމާއެކު އެސަރަހައްދު ފަޅުތެރެއަށް ގެންނަންޖެހޭ ބަދަލުތަކާއި ގުޅިގެން ދެކުނުފަރާތު ވިލާކޮލެޖުގެ ހުޅަނގު ކަނުންފެށިގެން އިރަށްގޮސް ޓޯވްޔާޑާއި ހަމައަށް، މުދާއުފުލާ އުޅަނދުފަހަރަށް ދޫކުރަމުން ގެންދިޔަ ފަޅުހުއްދަ މިއަދުންފެށިގެން ދޫނުކުރާގޮތަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
ވީމާ، މިހާރު އެސަރަހައްދު ބޭނުން ކުރާ އުޅަނދުފަހަރު، 8 އެޕްރީލް 2018ގެ ފަހުން އެސަރަހައްދު ބޭނުން ކުރުމަކީ މަނާކަމެއްކަމަށާއި، މިއެންގުމާއި ޚިލާފުވާ އުޅަނދުފަހަރު މިމިނިސްޓްރީން ނަގަމުންގެންދާނެ ކަމުގައި އަންގާ އިޢުލާނުކުރަމެވެ.
22 ރަޖަބު 1439
08 އެޕްރީލް 2018
10 އެޕްރީލް 2018
ހޯދާ