ނެއްލައިދޫ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

c

 

 

 

ނެއްލައިދޫ ސްކޫލް

ހދ. ނެއްލައިދޫ، ދިވެހިރާއްޖެ

 

 

GS93/I/2018/09: ނަންބަރ

ތާރީޚް:09  އެޕްރީލު 2018

އިސްލާހުކުރެވިފައި

 

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފުން ހޯދުން

 

މަޤާމު: ރިސޯސް ޓީޗަރ

ގިންތި : ކޮންޓްރެކްޓް

ބޭނުންވާ އަދަދު:

މަޤާމުގެ ނަން

ޢަދަދު

ސްކޫލް ޓީޗަރ ( ޕްރައިމަރީ )

1

ސްކޫލް ޓީޗަރ ( ކްރިއޭޓިވް އާރޓް )

1

ސްކޫލް ޓީޗަރ ( ހެލްތް އެންޑް ޕީ.އީ )

1

ސްކޫލް ޓީޗަރ ( ސޯސަލް ސްޓަޑީޒް )

1

 

ރިސޯސް ޓީޗަރގެ މަޤާމަށް ކުރިމަތިލާ މީހުންނަކީ ، ކަނޑައެޅިފައިވާ މާއްދާތައް ނަގައިދެވުމާއެކު ޕްރައިމަރީ  ގަޑިތައް ނަގައިދެވޭނެފަދަ  ޤާބިލް އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ މީހަކަށްވާން ވާނެއެވެ.

ނޯޓް : ރިސޯސް ޓީޗަރ ކޮންޓްރެކްޓް ކުރެވޭނެ މުއްދަތަކީ 3 މަސް ދުވަހެވެ.

1.މަސައްކަތްކުރަން ހަމަޖެހިފައިވާ ތަނާއި ރަށް : ނެއްލައިދޫ ސްކޫލް /ހދ.ނެއްލައިދޫ

2.މިމަޤާމްތަކުގެ މުސާރަ / ޝަރުތު: 

 ކޮންމެމަހަކު ތިރީގައި ބަޔާންކުރާ މުސާރަ އާއި ސަރވިސް އެލަވަންސް.

ތަޢުލީމީ ފެންވަރު

މުސާރަ (މީލާދީ މަހަކަށް )

ސަރވިސް އެލަވަންސް ( މީލާދީ މަހަކަށް )

މަގާމުގެ ރޭންކް

މަގާމުގެ ކްލެސިފިކޭޝަން

ޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

4500

1500

ޖީ.އެސް 3

އޮފިސަރ ގރ.1

މަތީޘާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން

5500

1500

އެމް.އެސް 1

ސީނިއަރ އޮފިސަރ ގރ.1

ކިޔަވައިދިނުމުގެ ރޮނގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

6090

2500

ސީ.އެސް 9

ސީނިއަރ އޮފިސަރ ގރ.2

 ނޯޓް : *  ޘާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނީ ގްރޭޑް 10 ނިންމައި ލީވިން ސެޓްފިކެޓް ނުވަތަ ގްރޭޑް 10 ނިންމައި ޘާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.

  • މަތީޘާނަވީ ތަޢުލީމް ފުރިހަމަކުރިކަމަށް ބެލެވޭނީ ގްރޭޑް 12 ނިންމައި ލީވިން ސެޓްފިކެޓް ނުވަތަ ގްރޭޑް 12 ނިންމައި މަތީޘާނަވީ އިމްތިޙާނެއްގައި ބައިވެރިވެފައިވާ ލިޔުމެއް ހުށަހަޅާފައިވާނަމައެވެ.
  • ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ ޘާނަވީ ތަޢުލީމު ފުރިހަމަކުރިކަމަށް ބެލެވޭނެއެވެ.

3.ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތް:   

(1)   ދަރިވަރުންނަށް އުނގަންނައިދިނުމުގެ އެންމެހާ ޙަރަކާތްތައް ރާވާ ހިންގުން.

(2)   ޓައިމްޓޭބަލްއާ އެއްގޮތަށް ކިޔަވައިދިނުން

 (2) ސްކޫލްގެވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކޮށް،ދަރިވަރުންގެ ނަތީޖާގެފެންވަރު މަތިކުރުމަށް މަސައްކަތް ކުރުން.

 (3) މުޖްތަމަޢާއި ސްކޫލާއި އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއް ކަމަށް ހެދުން.

(4) ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ކްލާހުގަޔާއި ކްލާހުން ބޭރުގައި ކިޔަވައިދިނުމާއި ކިޔަވައިދިނުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.

(5) ޤައުމީ މަންހަޖުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާސިލްވާގޮތަށް ލެސަންޕްލޭން ތައްޔާރުކުރުން

(6) ދަރިވަރުންނަށް ބާއްވާ ތަފާތު އެކިއެކި ޓެސްޓްތަކުގެ ޕޭޕަރު ތައްޔާރުކުރުމާއި ޓެސްޓްތައް އެޑްމިނިސްޓަރ ކުރުން.

4.ވަޒީފާއަށް އެންމެ ޤާބިލްފަރާތެއްހޮވުމަށް ބެލޭނެކަންތައްތައް.

 * ތަޢުލީމާއި ތަމްރީން

 * މަސައްކަތުގެ ތަޖުރިބާ

 * ލިބިފައިވާ ހުނަރު

 5.އިންޓަރވިއު

1. މިމަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ އިންޓަރވިއު އޮންނާނީ 2018 އެޕްރީލު 17 އާއި 2018 އެޕްރީލު 18 ވާ ދެމެދުގެ ތާރީޚެއްގައި ނެއްލައިދޫ ސްކޫލްގައެވެ. ވީމާ މިމަޤާމްތަކަށް ކުރިމަތިލައްވާ ފަރާތްތަކުން މިތާރީޚްތަކުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެ ތިބުމަށް ދަންނަވަމެވެ.

 

 6.މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި.

* ސުންގަޑި

2018 އެޕްރީލު 17 ވާ އަންގާރަ ދުވަހުގެ 18.00 ގެ ކުރިން ތިރީގައި މިދަންނަވާ ލިޔެކިޔުންތަކާއިއެކު ވަޒީފާއަށްއެދޭ ފޯމް ހުށަހަޅަންވާނެއެވެ.

 

* ހުށަހަޅަންޖެހޭ ލިޔުންތައް

1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ( އެޕްލިކޭޝަން ފޯމް ނެއްލައިދޫ ސްކޫލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ. )

 

 2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

 

3. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

      (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ  ސެޓްފިކެޓްތަކުގެ ކޮޕީ. ( ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްތައް ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ).

 

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ. ) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

 

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. ( ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ )

 

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

 

(ނ). ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަނަވަރު ތައްޔާރުކުރަންވާނީ ދިވެހިބަހުންނެވެ.)

 

7. އިތުރު މަޢުލޫމާތު ހޯއްދެވުމަށް:            ފޯން އަދި ފެކުސް : 6520534

 

 

ކޭ.ސީ ވަރްގިސް

ޕްރިންސިޕަލް

 

10 އޭޕްރިލް 2018
ހޯދާ