ދިވެހިރާއްޖެ
ޖުލައި 2018 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް ފޯމު ބަލައިގަންނާނީ 22 އެޕްރީލް 2018 ވާ އާދިއްތަ ދުވަހުން ފެށިގެން 14 ޖޫން 2018 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. މި ކޯހާއި ބެހޭ އިތުރު މައުލޫމާތު މި އިޢުލާނާ އެޓޭޗް ކުރެވިފައިވާ 2018 ޖުލައިގައިފަށާ ކޯސްތަކުގެ މަޢުލޫމާތު ހިމެނޭ ޝީޓުގައިވާނެއެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެ އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
މެޑިކަލް ސްކޫލް
1. އެމް.ބީ.ބީ.އެސް (ކ.މާލެ)
މަތީގައިވާ ކޯހުގެ ޝަރުތުތައް ޗެކްކުރުމަށް މި ލިންކަށް ފިއްތާލައްވާ:
http://mnu.edu.mv/wp-content/uploads/2017/09/Course-info-sheet-2018-JULY-Intake-3.pdf