މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރ. އަތޮޅު ކައުންސިލަށް ސައިކަލެއް ހޯދުމާބެހޭ
އިޢުލާން
ރ. އަތޮޅު ކައުންސިލަށް ސައިކަލެއް ހޯދުމާބެހޭ
މިކައުންސިލަށް ސްކޫޕީ ސައިކަލެއް ގަތުމަށް މިކައުންސިލުންކުރި ނަންބަރު: (IUL)229-IED/229/2018/7)) 18 މާރިޗް 2018) އިޢުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުމެއް ލިބިފައިނުވާތީ ، އެ އިޢުލާން ބާޠިލުކޮށް އަލުން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އެޕްރީލް 22 ވާ އާދިއްތަދުވަހުގެ 12:00 ގެ ކުރިން މިއިދާރާއަށް އަގުހުށައެޅުއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެއިލްކުރެއްވުން އެދެމެވެ. އަދި އަގު ހުށައެޅުމުގައި ތިރީގައިވާ ކަންކަން ހިމަނަންވާނެއެވެ.
- ފައިސާ ދައްކަންޖެހޭނެ މުއްދަތު
- ފައިސާ ދައްކަންޖެހޭނެ ގޮތް
- ސައިކަލު ރަޖިސްޓްރީ ކޮށްދިނުމަށް އިތުރު ފީއެއްނަގާނަމަ އެކަން
- ސައިކަލު ރަޖިސްޓްރީކޮށްދިނުމަށް ފަހު މިއިދާރާއަށް ސައިކަލު ފޯރުކޮށްދެވޭނެ މުއްދަތު
- އާފްޓަރ ސޭލްސް ސާވިސަސް
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580027 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
23 ރަޖަބު 1439
09 އޭޕްރިލް 2018
ހޯދާ