ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، މި ދަންނަވާ މަޤާމުތަކަށް މީހުން ބޭނުންވެއެވެ.
ބޭނުންވާ ދާއިރާ/ޔުނިޓް |
ބޭނުންވާ އަދަދު |
އާއްމުގޮތެއްގައި މަސައްކަތް ކުރަންޖެހޭ ތަން |
|
ކްއާޓަރ މާސްޓަރ ސަރވިސް |
2 |
މާލެ |
|
މާލެ އޭރިއާ / ހުޅުލެ ޕޯސްޓް |
4 |
ހުޅުލެ |
|
ޕްރެޒިޑެންޝަލް ގާޑް |
2 |
އާރަށް |
|
މަޤާމު: |
މަސައްކަތު |
||
މުސާރަ: |
(މަހަކު) -/4865 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
(މަހަކު) -/1000 ރުފިޔާ |
||
އިތުރު އިނާޔަތްތައް |
މި މަޤާމުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެހެންވަޒީފާއެއް އަދާކުރުން މަނާކުރާތީދޭ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35% އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. އަދި ހުޅުލޭގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް މަސައްކަތު ނުކުންނަ ދުވަހަށް ކޮއްތު ފައިސާގެ ގޮތުގައި -/60 ރުފިޔާ ލިބޭނެއެވެ. |
||
ފެންވަރު ނުވަތަ ޝަރުތު:
|
އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއެކު، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. |
||
ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު |
އެމް.އެން.ޑީ.އެފްގެ ސަރަހައްދުގައިވާ އެންމެހާ އިމާރާތްތަކާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމާއި، މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކުރުމާއި ފާޚާނާތަކާއި، ޖަންކުޝަންތައް ސާފުކޮށް ބެލެހެއްޓުން. އަދި ގަސްތައްކޮށާ ގަސްތަކަށް ފެންދީ ބެލެހެއްޓުން. |
||
އިތުރު މަޢުލޫމާތު: |
މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 2018 އެޕްރީލު 18 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ސިޓީ ފޮނުއްވުން އެދެމެވެ. މީގެ އިތުރުން ވަޒީފާ އަށް އެދި ހުށަހަޅުއްވާ ސިޓީތައް އީމެއިލް މެދުވެރިކޮށް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ.މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3325525 އެވެ. |
||
އިތުރު މަޢުލޫމާތު |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3342967 ނުވަތަ 3313724 ނަންބަރު ފޯނާ ގުޅުއްވުންއެދެމެވެ. |
22 ރަޖަބު 1439