މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އަލުން އިއުލާން ކުރުން - ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އަށް ޖެންޑަރ ސްޕެޝިއަލިސްޓް އެއް ހޯދުމާގުޅޭ

 

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ (އެމް.އީ.އީ.) އިން ހިންގާ ފެނުގެ މަޝްރޫއަށް – ޖެންޑަރ ސްޕެޝިއަލިސްޓް އެއް ހޯދުމާގުޅޭ

 

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޖެންޑަރ ސްޕެޝިއަލިސްޓް

 

މި މިނިސްޓްރީއިން 21 މާރިޗު 2018ގައި ނެރުނު ނަންބަރު IUL)438-GCF/438/2018/90)  އިޢުލާނުގެ މަސައްކަތުގެ ތަފްސީލައް އަށް ގެނެވުނު ބަދަލެއްގެ ސަބަބުން އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ(އެމް.އީ.އީ) އިން " ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖް" ގެ ނަމުގައި ކުރިއަށް ގެންދާ 04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް މަސައްކަތްތަކަށް ބޭނުންވާ ޖެންޑަރ ސްޕެޝިއަލިސްޓް އައްޔަންކުރުމަށް ބޭނުންވެއެވެ. މިމަޝްރޫއަށް ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ ގްރީން ކުލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުންނެވެ.

 

ޖެންޑަރ ސްޕެޝިއަލިސްޓްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތުތަކުގެ ތެރޭގައި:

(ހ) ސޯޝަލް ސައިންސަސް، އެޑިއުކޭޝަން  ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަސައްކަތާއި ގުޅޭދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާލިބިފައިވުން. ނުވަތަ ސޯޝަލް ސައިންސަސް، އެޑިއުކޭޝަން  ނުވަތަ މަސައްކަތާއި ގުޅުންހުރި ދާއިރާއަކުންފުރަތަމަ ޑިގްރީ ހާސިލްކޮށްފައި ވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާ އަކުން މަދުވެގެން 5 އަހަރުގެ ތަޖުރިބާލިބިފައިވުން.

(ށ) ޖެންޑަރ ދާއިރާއިން މަދުވެގެން 2 އަހަރުގެ ތަޖުރިބާލިބިފައިވުން. މީގެ އިތުރުން ބައިނަލްއަޤުވާމީ އެހީދޭ ޖަމިއްޔާތަކުގެ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

(ނ) "ޕާޓިސިޕޭޓޮރީ ރިސަރޗް ޓެކްނީކްސް" ބޭނުން ކުރުމާއި "ފޯކަސް ގްރޫޕް ޑިސްކަޝަންސް" ހިންކުމުގެ ތަޖުރިބާ ލިބިފައިވުން

(ރ) މަޝްރޫޢާއި ގުޅޭ ތަފާތު އެކި ފަރާތްތަކާއި ގުޅިގެން އަމިއްލަ އައް އިސްނަގަގެން މަސައްކަތް ކުރެވޭ ފަރާތަކަށް ވުން

(ބ) ބައިނަލް އަގުވާމީ ޖަމިއްޔާތަކާ ގުޅިގެން މަސައްކަތް ކުއްފައިވާ ފަރާތް ތަކަށް އިސްކަން ދެވޭނެ އެވެ.

(ޅ) މިމިނިސްޓްރީ އާ އެކު 1 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގެ 2 މަސައްކަތަކާ ހަވާލުވެފައިވާ ފަރާތަކަށް ނުވުން.

(ކ) ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ޕްރޮޖެކްޓްގެ ބޭނުމަށް ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން.

 

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

އުޖޫރަ

މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައިވާ ޝެޑިއުލްއާ ފައިނޭންޝަލް ޕްރޮޕޯސަލް ފޯމް އާ އެއްގޮތަށް ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

 

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތުގެ މުއްދަތު ކަނޑައެޅިފައިވަނީ 1 އަހަރު ދުވަހުގެ މައްޗަށް ބަހާލެވިގެންނެވެ. މިކަމާބެހޭ އިތުރު މައުލޫމާތު ޓަރމްސް އޮފް ރިފަރެންސްގައި ބަޔާންކުރެވިފައި ވާނެއެވެ.

 

ހުށަހަޅަށްޖެހޭ ލިޔުންތައް

  • މަސައްކަތަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • މަސައްކަތަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ  ނުވަތަ ޕާސްޕޯޓުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަޖުރިބާގެ ކުރު ހުލާސާއެއް "ޓަރމްސް އޮފް ރިފެރެންސް" ގައި ވާގޮތަށް
  • "ޓަރމްސް އޮފް ރިފެރެންސް" ގައި ވާ 'ފައިނޭންޝަލް ޕްރްޕޯސަލް" ފޯމް

 

ރަޖިސްޓަރީ ކުރެއްވުމާއި މައުލޫމާތު ސާފު ކުރެއްވުން

މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން [email protected] އަށް އީ-މެއިލް ކުރައްވައިގެން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ. ރަޖިސްޓަރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވަޑައިގަތުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓަރީ ކުރެއްވޭނެ އެންމެފަހު ތާރީޚަކީ 12 އެޕްރީލް 2018 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެވެ.

 

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 12 އެޕްރީލް 2018 ވަނަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ ([email protected]).

 

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 16 އެޕްރީލް 2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން، ޕްރޮޕޯސަލް ތިރީގައިވާ އެޑްރެހަށް  ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ހުށައެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވާނީ 16 އެޕްރީލް 2018 ވަނަ ދުވަހުގެ 11:00 ޖަހާ އިރު އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ބޭފުޅުންގެ ކުރިމަތީގައެވެ.

 

 

 

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

 

ޕްރޮޖެކްޓް މެނޭޖަރ

ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

މާފަންނު، ހަނދުވަރީ ހިނގުން

ފޯނު ނަންބަރު: 3018446

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގަ  ނޫނީ އީމެއިލް މެދުވެރިކޮށެވެ.

 

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި އިއުލާނާއި އެއްކޮށް އެއްކަރުދާސް ކުރެވި އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ވެސް ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް  , 3018446 އަށް ގުޅުއްވުން  ނުވަތަ [email protected]

އައް އީމެއިލް ކޮއްދެއްވުމަށް އެދެމެވެ.

 

 

                            08 އެޕްރީލް 2018

 

 

 

 

08 އޭޕްރިލް 2018
ހޯދާ