ދިވެހިރާއްޖެ
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
އިހަވަންދޫ
ދިވެހިރާއްޖެ
(IUL)248-ESMSMS/248/2018/23 ނަންބަރ
އިޢުލާން
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު: (IUL)248-ESMSMS/248/2018/21 (01 އެޕްރީލު 2018 ) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 15 އެޕްރީލު 2018 ވާ އާދީއްތަ ދުވަހު 10:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، 22 އެޕްރީލު 2018 ވާ އާދީއްތަ ދުވަހު 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި މަސައްކަތް ކޮށްދެއްވުމަށް އެދި މައުލޫމާތު ސާފުކޮށް، އަންދާސީ ހިސާބު ހުށަހެޅޭނީ، ކުންފުނި، ކޯޕަރޭޓިވް ސޮސައިޓީ، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް ތަކުންނާއި، ފަރުދީ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އެފަދަ ފަރާތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށެހެޅުއްވުމަށް ވަޑައިގަންނަވާއިރު، އެ ތަނެއްގެ ރަސްމީ ސިޓީއަކާއި، ލިބިފައިވާ ހުއްދަ ތަކުގެ ކޮޕީއަކާއި، އަދި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އެފަދަ ފަރާތެއްގެ ބަދަލުގައި މީހަކު ފޮނުއްވާނަމަ މީގެއިތުރުން ނުވަތަ އެފަރާތަކުން ފޮނުއްވި މީހެއްކަން އެނގޭ ގޮތަށް އެ ތަނެއްގެ ރަސްމީ ސިޓީއެއް ގެންނަން ވާނެއެވެ.
މި މަސައްކަތަށް އެދި އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަށްލައި ބަންދުކޮށް " 2018 ވަނަ އަހަރު ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ އިޖްތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ އަންދާސީ ހިސާބު " ކަން އެނގޭގޮތަށް ލިއުއްވައިފައެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށަހެޅުން ބަލައެއް ނުގަނެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ރަޖަބު 1439
08 އެޕްރީލު 2018