ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ރައްޔިތުން ތެޔޮވިއްކުމަށް ހަދާފައިވާ ދަގަނޑު ތެޔޮތާގީތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުން

ރައްޔިތުންގެ ނަމުގައި ތެޔޮވިއްކުމަށްޓަކައި ކައުންސިލުން ހަދާފައިވާ 6 ތެޔޮތާގީ ސިޓީލާ ނީލަމުގައި ވިއްކާލާގޮތަށް ހަމަޖެހިފައިވެއެވެ.

  ތާގީތަކާބެހޭ މަޢުލޫމާތު

1 -   2 ތާގީ 4’x8’x8’ ގެ ( ދަބަރުޖަހައި ބައުވެފައި )

2-    4 ތާގީ4’x4’x8’  ގެ  ( ދަބަރުޖަހައި ބައުވެފައި )

            ވީމާ، މި ތާގީތަކާބެހޭ މަޢުލޫމަތު ސާފުކޮށްދިނުން ކޮންމެ ދުވަހެއްގެ ރަސްމީގަޑީގައި ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ. ނީނަން ފެށޭނީ -/5000 ރުފިޔާއިންނެވެ. ހުށަހެޅޭ އެއްމެ މަތީއަގު ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގައި ކައުންސިލްގެ އިދާރާގެ ނޯޓިސްބޯޑުގައި އިޢުލާން ކުރެވޭނެއެވެ. ހުށަހެޅިފައިވާ އަގަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/200 ރުފިޔާއެވެ.  

    ވީމާ، ސިޓީލާ ނީލަމުގައި މި ތާގީތައް ބައްލަވައި ގަންނަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އިދާރާއަށް އެޑްރެސް ކުރައްވައި ބައްލަވައި ގަންނަވަން އެދިލައްވާ އަގު ބަޔާންކޮށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ އުރައިގެ ބޭރުގައި ތެޔޮތާގީތައް ބައްލަވައިގަތުމަށް ލިޔުއްވާފައި އޮންނަން ވާނެއެވެ. އެކަށީގެންވާ އަގެއްގައި  ޖެހިޖެހިގެން 3 ދުވަހު އޮވެއްޖެ ނަމަ އެއަގެއް ހުށަހެޅުއްވި ފަރާތަކަށް ނީލަން ނިންމާލެވޭނެއެވެ. ހުށަހަޅުއްވާފައިވާ މަތީއަގު މި އިދާރާގެ ނޯޓިސް ބޯޑުން ފެންނަން އޮންނާނެއެވެ.

                  މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  22  ރަޖަބު       1439

                  08 އޭޕްރީލް       2018

08 އޭޕްރިލް 2018
ހޯދާ