ދިވެހިރާއްޖެ
އިޢްލާނު
ރ.އަނގޮޅިތީމު ގައި ބަށި ކޯޓެއް އެޅުމަށް ބޭނުންވެއްޖެ.
ސްޕޯޓްސް އެރީނާގެ މަޝްރޫޢުގެ ދަށުން މިރަށުގައި ބަށި ކޯޓެއް އެޅުމަށް ކުރި ނަންބަރު: (IUL)301-PN/301/2018/17 އިޢްލާނާއި ގުޅިގެން ބިޑް ހުށަހެޅުމަށް ތަރުޙީބު ލިބިފައިނުވާތީ، އެ އިޢްލާނު ބާޠިލްކޮށް 2 ވަނަ ފަހަރަށް ފުރުސަތު ހުޅުވާލަމެވެ. މި ކޯޓް އަޅާނީ ސްޕޯޓްސް އެރީނާގެ ސަރަޙައްދު ތެރޭގައެވެ. ބަށި ކޯޓް އެޅުމަށް ބޭނުންވާ ބިން ދެއްކުމުން އެބިމުގައި ހުރި ރުއްގަސްތައް ބުޑުން ނަގައި ސާފުކޮށް ބިންގަނޑު ހަރުކޮށް ލެވެލްކުރަންވާނެއެވެ. ބަށި ކޯޓް އަޅާނީ މިއިދާރާއިން ދޭ ކުރެހުމާއި މަޢްލޫމާތާއި އެއްގޮތަށެވެ. ވީމާ، ކޮންޓެކްޓް އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް އެދޭ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަސައްކަތުގެ މަޢްލޫމާތު ދިނުން އޮންނާނީ 12 އެޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 1:30 ގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 18 އޭޕްރީލް 2018 ވާ ބުދަ ދުވަހުގެ 1:30 ގައެވެ. މަޢްލޫމާތު ސާފުކޮށްދިނުމާއި އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ރ.އަނގޮޅިތީމު ކައުންސިލް އިދާރާ ގައެވެ. މިމަސައްކަތަށް ކުރިމަތި ލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނާޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މިމަސައްކަތުގެ މަޢްލޫމާތު ސާފުކުރުމަށާއި، ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ އައި.ޑީ.ކާރޑްގެ އަޞްލު ގެންނަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވޭނީ މަޢްލޫމާތު ސާފުކުރެއްވި ފަރާތްތަކަށެވެ. އެކަކަށް ދެ ފަރާތެއްގެ ނަމުގައި އަންދާސީ ހިސާބު ހުށައެއް ނޭޅޭނެއެވެ. ބަދަލުގައި ޙާޒިރުވާނަމަ ކޮންފަރާތެއްގެ ބަދަލުގައިކަން އެނގޭނެ ލިޔުމެއް (ސިޓީއެއް) ގެންނަންވާނެއެވެ.
މަސައްކަތް ޙަވާލުކުރުމުގައި ބަލާނެ މިންގަނޑު:
މަސައްކަތުގެ އަގު: % 85
މަސައްކަތުގެ ތަޖްރިބާ : % 5
މަސައްކަތުގެ މުއްދަތު: % 10
ވީމާ، މިމަސައްކަތް ކުރުމަށް ޝަޢްޤްވެރިވާ ފަރާތްތަކުން މަޢްލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
19 ރަޖަބު 1439