ދިވެހިރާއްޖެ
އިޢުލާން
| މަގާމު: | އެޑްމިނިސްޓްރޭޓިވް އޮފިސަރ | 
| މަޤާމުގެ ނަންބަރު: | J-246530, J-246672 | 
| ބޭނުންވާ އަދަދު: | 02 (ދޭއް) | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| މަޤާމުގެ ރޭންކް: | ޖީ.އެސް 3 | 
| މަޤާމުގެ ކްލެސިފިކޭޝަން: | އޮފިސަރ ގްރޭޑް 1 | 
| ސެކްޝަން: | ޔޫތު ޑިޕާޓްމެންޓް | 
| މަޤާމް އޮތް އޮފީސް: | މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް | 
| ވަޒީފާ އަދާކުރަން ޖެހޭ ތަން: | މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް | 
| މުސާރަ: | މަހަކު 4465.00 ރުފިޔާ | 
| ސަރވިސް އެލަވަންސް: ސަޕޯޓިންގ ކޯ އެލަވަންސް :2 | މަހަކު 1500.00 ރުފިޔާ މަހަކު: 700.00 ރުފިޔާ 
 | 
| އިތުރު ޢިނާޔަތްތައް: | 
 
 | 
| މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް: | 1- ޖެމްސް ޗެކްކޮށް ލިބޭ ތަކެތި ސެކްޝަންތަކަށް ރޫޓުކުރުން. 2- ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދީ، ކަމާގުޅޭ ސެކްޝަންތަކަށް ޕާސްކުރުން. 3- އަންނަ ސިޓީއާއި ތަކެތި ފޮތުގައި ލިޔުމަށްފަހު ސެކްޝަންތަކަށް ޙަވާލުކުރުން. 4- އެކިއެކި ކަންކަމުގައި މިނިސްޓްރީއަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ދިނުން. 5- އެކިއެކި ކަންކަމުގައި މިނިސްޓްރީން ދޫކުރާ ފޯމްތައް ދޫކުރުމާއި ބަލައިގަތުން. 6- ސެކްޝަންގެ މުވައްޒަފަކު ޗުއްޓީގައި ހުންނަ މުއްދަތުގައި މަސައްކަތަށް ދަތިވާނަމަ އެ މުވައްޒަފުގެ މަސައްކަތްތައް ކުރުން. | 
| 
 މަޤާމުގެ ޝަރުތުތައް: 
 | 
 1- ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 
 | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: | 
 
 | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ. 
 (ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ)އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. | 
| މަޤާމަށް އެދެންވީގޮތާއި ސުންގަޑި: | ވަޒީފާއަށް އެދޭ ފޯމު މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި، މި އިދާރާގެ www.youth.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 އޭޕްރީލް 16 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، hr@youth.gov.mv އެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. 
 | 
| އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: | މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 17 އޭޕްރީލް 2018 އާއި 15 މެއި 2018 އާއި ދެމެދު، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް (ވެލާނާގެ 3 ވަނަ ފަންގިފިލާ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. 
 | 
| ޝޯޓް ލިސްޓްކުރުން: | މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: | %30 (އިންސައްތަ). | 
| އިތުރު މަޢުލޫމާތު ހޯދުން: | މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3347316 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3327162 އެވެ. އީ-މެއިލް ކުރާނީ hr@youth.gov.mv އަށެވެ. | 
18ރަޖަބު 1439
 
                    