މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން މިންގަނޑުތަކަށް ނުފެތިގެން ހިފަހައްޓާ ތަކެތި ދޫކުރުމާއި ބެހޭ ނަންބަރު 02182-FCD/IUL/2018/ އިޢުލާނުގެ އިސްލާޙު

އިޢުލާން

182-FCD/IUL/2018/02 ދިވެހިރާއްޖެއަށް އިންޕޯޓުކުރާ ކާބޯތަކެތީގެ ތެރެއިން މިންގަނޑުތަކަށް ނުފެތިގެން ހިފަހައްޓާ ތަކެތި ދޫކުރުމާއި ބެހޭ ނަންބަރު 

އިޢުލާނުގެ އިސްލާޙު

31 ޖެނުއަރީ 2018 ގައި މިއޮތޯރިޓީން ކުރި އިޢުލާން ނަންބަރު 182FCD/IUL/2018/02 ތިރީގައިވާ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ.

1.      ދިވެހި ނުވަތަ އިނގިރޭސި ބަހުން ލޭބަލް ކޮށްފައި ނުވާ ކާބޯތަކެތި އަނބުރާ އެކްސްޕޯޓު ކުރިގައުމަށް ފޮނުވާލުން ނުވަތަ ނައްތާލުން.

އެހެނީ، ކާބޯތަކެތި ލޭބަލްކުރުމަކީ އެތަކެތި އުފައްދާ މަރުހަލާގައި އުފެއްދި ފަރާތުން ކުރަންޖެހޭ ކަމެއް ކަމަށްވެފައި އެނޫން މަރުހަލާއެއްގައި އެހެން ފަރާތަކުން ލޭބަލްކުރުމަކީ ނުރަގަޅު ނުވަތަ އޮޅުން އަރާފަދަ މަޢުލޫމާތު ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކަށް ލިބުމުގެ ފުރުޞަތު ވަރަށް ބޮޑުކަމެކެވެ. އަދި މިއީ މިގޮތަށް ލޭބަލްކުރުމުގައި ބޭނުންކުރާ މަޢުލޫމާތު ޞައްޙަކަން ކަށަވަރު ކުރެވޭނެ ކަމަކަށް ނުވުމާއި އެތަކެތި އުފެއްދި ފަރާތް އެކުރި ލޭބަލްގެ ޒިންމާއިން ބަރިއްޔަވުމުގެ ފުރުޞަތުވެސް އޮތްކަމެކެވެ.

 

 ވީމާ، އިޢުލާން ނަންބަރު 182FCD/IUL/2018/02 ގައިވާގޮތަށް މިއިސްލާހާއި އެކު 30 އޭޕްރީލް 2018 އިން ފެށިގެން އިންޕޯޓުކުރާ ކާބޯތަކެއްޗާއި މެދު އަމަލުކުރަން ފަށާނެކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.  މިކަމާގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށްޓަކައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ 3014361 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

                       19 ރަޖަބު  1439ހ.

05 އެޕްރީލް 2018
ހޯދާ