ޑްރަގް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

c

 

ޑްރަގް ކޯޓް

މާލެ، ދިވެހިރާއްޖެ

 

ވަޒީފާގެ ފުރުޞަތު

ނަންބަރު: (IUL)435-A1/1/2018/03

 

ތާރީޚް: 05 އޭޕްރީލް 2018

 

 


މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް.3

 

ޢަދަދު

1

ސެކްޝަން/ޔުނިޓް: ބަޖެޓް ޔުނިޓް

 

މަސައްކަތްކުރަންޖެހޭ ތަން:

ޑްރަގް ކޯޓު / ކ.މާލެ

 

އަސާސީ މުސާރަ:

 4,465/ -ރުފިޔާ

 

އެލަވަންސް:

-          ސަރވިސް އެލަވަންސް: -/1,500 ރުފިޔާ

-          ލިވިންގ އެލަވަންސް: -/2,700 ރުފިޔާ

-          ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

-          ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 

އަސާސީ ޝަރުޠު:

1-   މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން،

   ނުވަތަ،

2-  މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް. 2ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:

  • ބަޖެޓުން ކުރަންޖެހޭ ހުރިހާ ޚަރަދުތައް ޤަވާޢިދުތަކާ އެއްގޮތަށް ހިސާބުތައް ބެލެހެއްޓުން.
  • އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ފިނޭންސް މިނިސްޓްރީއަށް ފޮނުވުން. އަދި ފިނޭންސްއަށް ފޮނުވުމަށްފަހު ފައިސާ ލިބޭ ފަރާތަށް އެކަން އެންގުން.
  • ފައިސާއާބެހޭ ފޮތްތަކާއި، އެހެނިހެން ލިޔުންތައް ތަރުތީބުކޮށް ފައިލްކޮށް ބެލެހެއްޓުން.
  • މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ކުރިއަށްއޮންނަ އަހަރުގެ ބަޖެޓް އެކުލަވާލާ ކަމާބެހޭ ފަރާތަށް ހުށަހެޅުން.
  • ބަޖެޓްގެ އެއް އައިޓަމުން އަނެއް އައިޓަމަށް ފައިސާ ބަދަލުކުރުމާއި، އިތުރަށް ފައިސާ ހޯދަންޖެހޭ ޙާލަތްތަކުގައި އެކަމުގެ މަޢުލޫމާތު ޔުނިޓް ވެރިޔާއަށް ދީ އެ މަސައްކަތް ކުރުން.
  • ރާއްޖެއާއި ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގެ ޚަރަދާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ލިބޭފައިސާ ބަލައިގަނެ ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމުގެ މަސައްކަތް ކުރުން.
  • ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ/ނޯޓް ފަދަ ތަކެތި ލިޔުމާއި، ސެކްޝަނަށް އެކިފަރާތްތަކުން ލިބޭ ތަކެއްޗަށް ޖަވާބު ދިނުން ހިމެނެއެވެ.
  • ބަޖެޓް އެކައުންޓް ބާކީކޮށް ބެލެހެއްޓުން.
  • ފައިސާއާބެހޭ ކަންތައްތައް ކުރުމުގައި ނިންމަންޖެހޭ މުހިންމުކަންތައްތައް ނިންމުމަށްޓަކައި ފައިސާއާބެހޭ ކޮމިޓީއައް ހުށަހެޅުން.
  • މުވައްޒަފުންގެ މުސާރައާއި ލިބެންޖެހޭ އެހެނިހެން އިނާޔަތްތައް ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ފޮނުވުން.
  • ޕެޓީކޭޝް އިން ކުރާ ޚަރަދުތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ބެލެހެއްޓުން.
  • މަހުން މަހަށް ކުރެވޭ ޚަރަދު ރިޕޯޓް ތައްޔާރުކޮށް ބަޖެޓާއި ކޯޑުތަކުގެ ބާކީ ބެލެހެއްޓުން.
  • ކޯޓުން ކުރެވޭ ޚަރަދުތައް ޤަވާޢިދުން އަރުވަންޖެހޭ ފޮތްތަކަށް އަރުވައި ދުވަހުން ދުވަހަށް ބާކީކުރަމުން ގެންދިއުން.
  • ކޯޓަށް އާމްދަނީ ލިބޭގޮތުގެ ރަޖިސްޓްރީއެއް ތައްޔާރުކޮށް ރަޖިސްޓްރީ ބެލެހެއްޓުން.
  • ކޯޓުން ބަލަހައްޓާ ހުރިހާ އެކައުންޓް ތަކެއްގެ ރިޕޯޓްތަކާއި ލިބެންވާ ފައިސާގެ ތެރެއިން ނުލިބި 1 މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވާ ފައިސާގެ ރިޕޯޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ މުއްދަތަށް އެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ޤާޟީންނާއި ކޯޓުގެ އެހެން މުވައްޒަފުން ކުރައްވާ ރަސްމީ ދަތުރުތަކާގުޅޭ ފައިސާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

 

ވަޒީފާގެ ކުރިއެރުމާއި، މުސާރައިގެ ކުރިއެރުން:

ވަޒީފާގެ މަސައްކަތަށް ރަނގަޅުނަމަ، ކޮންމެ ދެ އަހަރަކުން އެއް އަހަރު މުސާރައިގެ ކުރިއެރުން ލިބޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

 

1-   ޑްރަގް ކޯޓުގެ ވަޒީފާއަށް އެދޭ ފޯމު

2-   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

3-   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

4-   ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއްނަމަ، އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.

5-   އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި ރޭންކާއި، މަޤާމްގައިވީ މުއްދަތާއި، މަސްއޫލިއްޔަތު އެނގޭނެ ލިއުންތަކުގެ ކޮޕީ.

6-   އަލަށް ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންގެ ސްކޫލް ލީވިންގ ސެޓްފިކެޓްގެ ފޮޓޯ ކޮޕީ.

7-   ފާއިތުވީ ދެއަހަރު ދުވަހުގެ މަސައްކަތު ފެންވަރު ބަލާފައިވާ ފޯމުގެ ކޮޕީ (މި ދެވަނަ ޝަރުޠަށް ބަލައި، ޝަރުޠު ހަމަވާ ފަރާތްތަކުން)

8-   ފޯމާއެކު ހުށަހަޅަންޖެހޭނެކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް ހުށަހަޅާފައިނުވާނަމަ، އެފޯމެއް ބާޠިލްކުރެވޭނެއެވެ.

 

ސުންގަޑި:

12 އޭޕްރީލް 2018 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.

 

އިތުރު މަޢުލޫމާތު:

 

 

-          މި މަޤާމުތަކަށް އެދިލައްވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކޯޓުގެ ނަންބަރު 3018556 ފޯނަށް ގުޅުއްވުން އެދެމެވެ.

-          އެޕްލިކޭޝަން ހުށަހަޅަންވީ އެޑްރެސް: ޑްރަގް ކޯޓް، ޢިއްޒުއްދީން މަގު

ނޯޓް:

މަތީގައިވާ މަޤާމުތަކުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެންމެމަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

             

 

05 އޭޕްރިލް 2018
ހޯދާ