ދިވެހިރާއްޖެ
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދުވާފަރު ، ދިވެހިރާއްޖެ
އިޢުލާން
ނަމްބަރު : (IUL)304-EDS/304/2018/19 |
ތާރީޚް: 04 އޭޕްރީލް 2018 |
ދުވާފަރު ކައުންސިލްގެ އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި މަގުމަތީގައި ޖަހާފައިވާ ބައްތިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް އައުޓްސޯސްކުރުމާއި ބެހޭ |
ރ. ދުވާފަރު ކައުންސިލްގެ އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި މަގުމަތީގައި ޖަހާފައިވާ ބައްތިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް މި އިދާރާއިން ތަކެތި ދިނުމުން މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު: (IUL)304-EDS/304/2018/16 (28 މާރޗް 2018) ގެ ދަށުން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައި ނުވާތީ އެ އިޢުލާން ވެސް ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ. ރ. ދުވާފަރު ކައުންސިލްގެ އިދާރާއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި މަގުމަތީގައި ޖަހާފައިވާ ބައްތިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް މި އިދާރާއިން ތަކެތި ދިނުމުން މަރާމާތުކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާރީޚްއަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚްގައި ބިޑް ހުށައެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ އަންދާސީ ހިސާބުތައް ބަލައި ގަނެވެން ނޯންނާނެ ވާހަކަ ދަންނަވެމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނުވަތަ ޖަމްޢިއްޔާއެއްނަމަ، ކުންފުނި ނުވަތަ ޖަމްޢިއްޔާގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް ފޮނުވަންވާނެއެވެ. ވީމާ، މިކަން ޢާއްމުކޮށް އަންގައި އިޢުލާން ކުރަމެވެ. |
18 ރަޖަބު 1439
04 އޭޕްރިލް 2018