މަޤާމުގެ ނަން: މުދިމް
|
މުސާރަ: 12,000.00ރުފިޔާ
|
ފުޑް އެލަވަންސް: 1500.00 ރުފިޔާ
|
އެޓެންޑްސް އެލަވަންސް: އަންނަ ކޮންމެ ދުވަހަކަށް 20/- ރުފިޔާ
|
ހުކުރު އެލަވަންސް: ކުރާ ކޮންމެ ހުކުރަކަށް 500.00 ރުފިޔާ
|
ބޭނުންވާ އަދަދު: 01
|
މަސައްކަތް ކުރަންޖެހޭ ތަން: ގުޅިފަޅު ސައިޓް
|
ޝަރުޠު:
- މުދިމުކަމުގެ ސަނަދު/ އިމާމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ހާސިލުކޮށްފައިވުން.
- ހުކުރު ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވުން.
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އަދި އިމާމުވެ ނަމާދުކުރެވޭވަރަށް ތަޖުވީދުމަގުން ކީރިތި ޤުރުއާން ކިޔަވަން އެނގޭ ފަރާތެއް ކަމުގައިވުން.
|
މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:
- ކޮންމެ ނަމާދުވަގުތެއްގެ ކުރިން މިސްކިތަށްގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަން ހުރި ކަމެއް ރަނގަޅުކުރުމާއެކު، ފަރުޟު ފަސް ނަމާދު ވަގުތުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި، މިސްކިތަށް ދަތިވާ ކޮންމެކަމެއް، އެކަން ރަނގަޅުކުރެވޭތޯ ބެލުން.
- މިސްކިތުގައި ދީނީ ދަރުސް ދިނުންފަދަ ޕްރޮގްރާމްތައް ހިންގާނަމަ، އެފަދަ ޕްރޮގްރާމްތަކަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، އެފަދަ ޕްރޮގްރާމެއް ހިނގާނަމަ، އެކަން ނިމެންދެން މިސްކިތުގައި މަޑުކުރުން.
- މިސްކިތުގެ ސާފުޠާހިރު ކަން ކަށަވަރު ކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދޭ ފަރާތުގެ ސިޓީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ
- ވަޒީފާއަށް އެދޭ ފަރާތުގެ ސެޓްފިކެޓުތަކުގެ ކޮޕީ
- ކުރީގައި ވަޒީފާ އަދާކޮއްފައިވާތަނުގެ ލިޔުން.
- ސުންގަޑި: ި: 11 އޭޕްރީލް 2018 ވަނަ ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން. (އޮފީސް ހުޅުވިފައި ހުންނާނީ ބަންދު ނޫން ކޮންމެ ދުވަހު 08:00 އިން 15:00 އަށެވެ.)
- ހުށަހަޅަންވީ ތަން: ހ.ހުޅުގަލި ހަތަރުވަނަ ފަންގިފިލާާ، ކަރަންކާމަގު މަގު، މާލެ، ދިވެހިރާއްޖެ.
|
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3016630 އަށް
އީމެއިލް އެޑްރެސް: [email protected]
|