މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން އަންނަ ޖުމްހޫރީ މައިދާން އަދި ރަސްރަނި ބަގީޗާގައި ހުރި ފެންއަރުވާ ވަޑާން އަދި ރަސްރަނި ބަގީޗާގެ މަސް ޕޮންޑު 1 އަހަރު ދުވަހަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 11 އެޕްރީލް 2018 22:39 ގައި ބާތިލް ކުރެވިފައެވެ.


މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން އަންނަ ޖުމްހޫރީ މައިދާން އަދި ރަސްރަނި ބަގީޗާގައި ހުރި ފެންއަރުވާ ވަޑާން އަދި ރަސްރަނި ބަގީޗާގެ މަސް ޕޮންޑު 1 އަހަރު ދުވަހަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އެޕްރީލު 08 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އެޕްރީލު 15 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އެޕްރީލު 08 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 އިން ފެށިގެން 2018 އެޕްރީލު 15 ވާ އާދީއްތަ ދުވަހުގެ 09:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 / 3004378 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

03 އެޕްރީލް 2018
ހޯދާ