ދިވެހިރާއްޖެ
c
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
ފައިބަރު މަސައްކަތް ކުރުމަށް ބިން ދޫކުރުމުގެ އުސޫލް
28 މާރޗް 2018
އުޞޫލަށް އަމަލުކުރުރަންފަށާ ތާރީޚް: 05 އެޕްރީލް 2018
އުޞޫލު އެކުލަވާލި ފަރާތް : ކުޑަރިކިލު ކައުންސިލްގެ އިދާރާ
އުޞޫލް ފާސްކުރި ތާރީޚް: 28 މާރޗް 2018
ފާސްކުރެވުނު ޖަލްސާ: 3 ވަނަ ދައުރުގެ 43 ވަނަ ޖަލްސާ
c
މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ކުޑަރިކިލު، ދިވެހިރާއްޖެ
Secretariat of the Kudarikilu Council, South Maalhosmadulu
Kudarikilu, Rep of, Maldives
ފައިބަރު މަސައްކަތް ކުރުމަށް ބިން ދޫކުރުމުގެ އުސޫލް
1 ތައާރަފް
މި އުޞޫލަކީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމުގެ ފުރުސަތު ފަހިކޮއްދިނުމާއި މިދާއިރާއިން ކުދި ވިޔަފާރިތައް ފެށުމަށް މަގުފަހިކޮއްދިނުމުގެ ގޮތުން އެކުލަވާލެވުނު އުޞޫލެކެވެ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުން ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިން ދޫކުރާނީ މިއުޞޫލުގެ ދަށުން ނެވެ. މިއުޞޫލަކީ ޤާނޫނު ނަންބަރު 7/2010 ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ (23) ވަނަ މާއްދާގެ (އ) އިން ބާރުލިބިގެން އެކުލަވާލާފައިވާ އުޞޫލެކެވެ
މިއުޞޫލަށް އަމަލްކުރަންފަށާނީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އާންމު ބައްދަލުވުމަކުން މިއުޞޫލް ފާސްކޮއް ދިވެހި ސަރުކާރުގެ ގެޒެޓްގައި ސާއިރު ކުރުމަށް ފަހުގައެވެ.
2 މަޤްޞަދު
މިއުޞޫލްގެ މަޤްޞަދަކީ ރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކޮއްގެން އާމްދަނީ ހޯދުމާއި ރަށުތަރައްޤީގައި ރަށުގެ ރަށްޔިތުންނާއި ރަށުންބޭރު ފަރާތްތަކައްވެސް ބައިވެރިވެވޭ ގޮތައް މަގުފަހިކޮއްދިނުމާއި؛ ފައިބަރުން އޮޑިދޯނި ފަހަރު ބަނުމާއި އޭގެވިޔަފާރި ފުޅާދާއިރާއެއްގައި ކުރުމުގެ ފުރުސަތު ފަހިކޮއް ދިނުމާއި ޙާއްސަކޮއް ރަށުގެ ރަށްޔިތުންނަށް މިކަމުން ފައިދާ ކުރަނިވި ގޮތަކައް ރަށުގެ ބިން ބޭނުންކުރުމެވެ.
3 ބިން ދޫކުރެވޭ ގޮތް
3.1- މި އުޞޫލަކީ ކައުންސިލުން ވާދަވެރި ބީލަމުގެ އުސޫލުން ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިން ދޫކުރުމުގައި އަމަލު ކުރާނެ އުޞޫލެވެ. ފައިބަރު މަސައްކަތް ކުރުމަށް ބިން ދޫކުރާނީ މިއުޞޫލުގެ ދަށުންނެވެ.
3.2- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރެވޭ ބިން އެބިން ދޫކުރި ބޭނުންފިޔަވާ އެހެންބޭނުމަކައް ބޭނުމެއް ނުކުރެވޭނެއެވެ.
3.3- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރެވޭ ބިން ގްރީން ޒޯނާއި ކައިރިނަމަ ތިމާވެއްޓައް ގެއްލުން ނުވާނެ ގޮތުގެ މަތިން އަދި ރަށުގެ ހޭޅިފަށަށް އެއްވެސް ގެއްލުމެއް ލިބޭގޮތަކައް އަމަލްކޮއްގެން ނުވާނެއެވެ.
3.4- ކުއްޔަށް ހިފާފައިވާ ބިމުގައި ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދު ތަކާއި ހިލާފު އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގުމުގެ ފުރުސަތު ކުއްޔަށް ހިފާފައިވާ ފަރާތުން އެއްވެސް ތަރާތަކަށް ދީގެން ނުވާނެއެވެ. އަދި ކުއްޔަށް ހިފާފައިވާ ފަރާތުންވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކާއި ޙިލާފް އެއްވެސް ޢަމަލެއް މިތަނުގައި ހިންގައިގެން ނުވާނެއެވެ.
3.5- ދިވެހިރާއްޖޭގެ ޤާނޫނަށާއި، ޤަވައިދުތަކަށް އަންނަބަދަލުތަކާއި ގުޅިގެން އެއްބަސްވުމަށް ގެންނަންޖެހޭ ކޮންމެ ބަދަލެއް ގެނެވޭނެއެވެ. މިކަމަށް ކުއްޔަށްހިފާފަރާތުން އިންކާރު ކޮއްގެން ނުވާނެއެވެ.ނަމަވެސް އެބަދަލެއް އެއްބަސްވުމުގައި ހިމަނާނީ ދެފަރާތުންވެސް އެބަދަލެއްބަލައި ކަށަވަރުކުރުމަށް ފަހުގައެވެ.
3.6- ފައިބަރު މަސައްކަތް ކުރުމައް ޓަކައި ދޫކުރެވޭ ބިން ބިންދޫކުރެވުނު ބޭނުންފިޔަވާ އެހެން ބޭނުމެއް ކުރަމުންދާނަމަ އެބިން ކުއްޔައް ނެގިފަރަތުން ވެފައިވާ އެއްބަސްވުން ބާތިލްކޮއް ބިން ކައުންސިލައް ނެގޭނެއެވެ.
3.7- ވިޔަފާރި އުސޫލުން ފައިބަރު މަސައްކަތްކުރުމަށް ދޫކުރާ ބިން ބިން ދޫކުރި މުއްދަތު ހަމަވުމުގެ ކުރިން ނުވަތަ މުއްދަތު ހަމަވުމުން ދޫކޮއްލާއިރު ނުވަތަ (ވަކިވާއިރު) އެބިމެއްގައި ހުރި ނުއުފުލޭ މުދަލަށް ކައުންސިލުން ބަދަލުދޭކައް ނުޖެހޭނެއެވެ. އެފަދަ ތަކެއްޗެއް ހުރިނަމަ އެތަކެއްޗަކީ ކައުންސިލްގެ ތަކެއްޗެވެ.(ނުއުފުލޭ މުދަލަކީ އިމާރާތެއް ކޮއްފައިވާނަމަ އެއިމާރާތެއްގައި ހަރުކޮއްފައިވާ އެންމެހާ ތަކެއްޗެވެ.)
3.8- ސަރުކާރަށް ބޭނުންވެގެން ނުވަތަ ކައުންސިލުގެ ބޭނުމަށް ބިން ނަގާނަމަ ބިންވަކިކުރެވޭނީ އެވަގުތެއްގައި ބިމުގައި ކޮއްފައިވާ މަސައްކަތަށްބަލައި މަދުވެގެން 6 މަސްދުވަހުގެ ނޯޓިސް އެއްދިނުމަށް ފަހުގައެވެ. ބިންނެގުމަށް ނޯޓިސް ދެވޭއިރު ބިމުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާނަމަ އެއްވެސް މުއްދަތެއް ނެތްގޮތަށް ނޯޓިސްދީ ބިން ވަކިކުރެވިދާނެއެވެ.
3.9- ބިން ދޫކުރެވިފައިވާ ބޭނުންފިޔަވާއި އެހެންބޭނުންތަށް ކުރާނަމަ ނުވަތަ ބިން ދޫކުރެވިފައިވާ އުސޫލުތަކާއި ހިލާފައް ބިމުގެ ބޭނުން ކުރާނަމަ ވަގުތުން ބިން ނެގިދާނެއެވެ. މިގޮތައް ބިންނަގަންޖެހިއްޖެ ހާލަތެއްގައި އެއްވެސް ބަދަލެއް ދޭކައްނުޖެހޭނެއެވެ.
3.10- ބިންކުއްޔަށް ހިފާފަރާތުން އެހެން ފަރާތަކަށް ބިން ކުއްޔަކައް ނުވަތަ އެހެންގޮތަކުންވެސް ނުދެވޭނެއެވެ. ބިން ކުއްޔަށް ހިފިފަރާތުން މިބިމުގައި ކުރުމަށް ކަނޑައަޅާ ވިޔަފާރީގެ މަސައްކަތް އެހެންފަރާތަކާއި ގުޅިގެން ބިމުގައި ކުރެވިދާނެއެވެ. މިގޮތުން ކުރެވޭ ވިޔަފާރި ކުރުމުގެ ހުއްދަދެވޭނީ ބިން ކުއްޔަށް ހިފިފަރާތުގެ ނަމުގައެވެ.
3.11- ފައިބަރު މަސައްކަތް ކުރުމަށް ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ދޫކުރެވޭ ބިން ދޫކުރެވޭނެ އެންމެ ދިގު މުއްދަތަކީ 15 އަހަރު ދުވަހުގެ މުއްދަތަށެވެ.
3.12- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިން ސާފްކޮއް ބެލެހެއްޓުމަކީ އެބިން ހިފާ ފަރާތުގެ ޒިންމާއެކެވެ.މިގޮތުން ދޫކުރެވޭ ބިމުގެއަކަފޫޓްގެ އިތުރުން އެބިންވަށައިގެން 3 ފޫޓްގެ ސަރަހައްދެއް ސާފްކޮއް ބަލަހައްޓަންވާނެއެވެ.
3.13- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިމަކީ ގްރީން ޒޯނާއި ކައިރި ބިމެއްނަމަ ތިމާވެއްޓައް އެއްވެސް ގެއްލުމެއް ލިބޭގޮތައް އަމަލު ކޮއްގެން ނުވާނެ އެވެ. އެފަދަ އަމަލެއް ކޮއްފިނަމަ ތިމާވެށި ހިމާޔަތް ކުރުމުގެ ޤާނޫނުގެ މަތިން ފިޔަވަޅު އެޅޭނެއެވެ. އަދި އެސަރަހައްދުގައި ވާ އެއްވެސް ގަހެއް ކެޑުމަކީ މަނާކަމެކެވެ.
3.14- ބިމަށް އެދޭއިރު އެދެންވާނީ ކައުންސިލުން މިކަމަށް ކަނޑައަޅާ ތައްޔާރު ކޮއްފައިވާ ބީލަމައް އެދޭ ފޯމުންނެވެ.
3.15- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން މިފަހަރު ދޫކުރުމައް ހަމަޖެހިފައިވަނީ 5000 އަކަފޫޓްގެ 1 ބިމެވެ.
3.16- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން މިފަހަރު ދޫކުރުމައް ހަމަޖެހިފައިވާ ބިމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ބީލަންތައް މާކްސްދިނުމުގަ އެއްވަރު ވެއްޖެނަމަ ބިންލިބޭ ފަރާތް ކަނޑައަޅާނީ ބިމަށްކުރިމަތިލީ ފަރާތްތައް ނުވަތަ އެފަރާތްތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގަ ގުރުއަތު ލައިގެންނެވެ.
3.17- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދޫކުރާބިމުގައި އަމިއްލަ މީސްމީހުންގެ ރުއްގަސް ހުރިނަމަ އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އެ ރުއް ގަހަށް ބަދަލުދީ ކަނޑާ ބިންސާފް ކުރުމަކީ އެބިންލިބިލައްވާ ފަރާތުގެ ކަމެކެވެ. (މިގޮތުން ރަށްޔިތުންނަށް ނިސްބަތްވާ ރުއްގަސް ހުރިނަމަވެސް މިއުސޫލުގެ ދަށުން ބަދަލު ދޭންވާނެއެވެ.)
3.18- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދޫކުރާބިން ބިންކުއްޔަށް ހިފާފަރާތުން ބިމުގެ އެއްބަސްވުމުގައި ސޮއިކޮއް ބިމާއި ހަވާލުވާތާ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ބިން ކުއްޔަށްހިފިބޭނުން ކުރަން ފަށަން ވާނެއެވެ.
3.19- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދޫކުރާބިން އެއްބަސްވުމުގައި ސޮއިކުރާ ތާރީޙުން ފެށިގެން ބިންދޫކުރެވިފައިވާ މުއްދަތު ގުނަންފެށޭނެއެވެ.
3.20- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދޫކުރާބިން ބަޔާންކުރެވިފައިވާ ތާރީޚަށް ކުއްޔަށްހިފިބޭނުން ކުރަން ނުފެށިގެން އެމުއްދަތު އިތުރުކުރަން އެދޭނަމަ އެކަމަށް އެދި މިކައުންސިލަށް ހުށައަޅަން ވާނެއެވެ. މިގޮތުން ބިންކުއްޔަށްހިފާފަރާތުން އެދިއްޖެނަމަ، އެއްމެގިނަވެގެން އިތުރު ކުރެވޭނީ 3 (ތިނެއް) މަސްދުވަހެވެ. އިތުރުކުރެވޭ މުއްދަތުގައި މަސައްކަތް ނިންމާ ޚިދުމަތް ދޭންނުފެށެއްޖެނަމަ އެބިމަކަށް އެދުވަހާ ހަމައަށް ކޮށްފައިވާ ޚަރަދެއްގެ (ފެންނަންހުރި) ބަދަލު އެވަގުތެއްގެ ބާޒާރުގެ ތަކެއްޗާއި މަސައްކަތުގެ އަގަށް ބަލައި އަގުކުރުމަށްފަހު ބިންބޭނުންކުރިފަރާތަށް ބަދަލުދޭނެ ގޮތެއް ކަނޑައެޅުމަށްފަހު އެހެންފަރާތަކަށް ބިން ކުއްޔަށް ދޫކުރެވިދާނެއެވެ.
3.21- ފައިބަރު މަސައްކަތްކުރާ ބިމުގައިއުފެދޭ އަދި އުފައްދާ އާއްމުކުނިބުނި އެކަމަށް ކަނޑައެޅިފައިވާ ރަށުގެ ސަރަހައްދަށް ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތަށް އުކާލެވިދާއެވެ. ނަމަވެސް ފަނާވެނުދާޒާތުގެ ކުނި (މިސާލަކަށް ދަގަނޑު، ފައިބަރ، ބިއްލޫރި، ޕްލާސްޓިކް، ކޮންކްރިޓް ފަދަ ކުނިބުނި) ރަށުގެ އެއްވެސް ތަނަކަށް އަޅައިގެން ނުވާނެ އެވެ. ފަނާވެ ނުދާ ބާވަތުގެ ކުނިބުނި އަދި ކެމިކަލްގެ ބާވަތްތަށް ނައްތާލަން ޖެހޭނީ ސަރުކާރުން އެކަމަށް ކަޑައަޅާފައިވާ ޤަވާއިދު ތަކާއި ރަށު ކައުންސިލުން އަންގާއެންގުންތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
3.22- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބިމުގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއްކުރަން ޖެހޭނީ ރަށުކައުންސިލަށް އަންގާ ކައުންސިލުން ހުއްދަ ހޯދުމަށްފަހުގައެވެ. އަދި ފައިބަރު މަސައްކަތްކުރާ ހަރުގެ ހުންނަން ވާނީ މިފަދަ މަސައްކަތްތައް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ރަގަޅަށް ހެދިފައެވެ އަދި ތަނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރަށްކާތެރިކަން ކަށަވަރު ކުރަންވާނެއެވެ. އަދި މިފަދަ މަސައްކަތެއް ކުރާއިރު ރަށުގައި ދިރިއުޅޭ ރަށްޔިތުންގެ އާންމު ސިއްހަތަށް މިކަމުގެ ސަބަބުން ގެއްލުންނުވާނެ ގޮތަށް ރަށްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ބިން ކުއްޔައް ހިފިފަރާތުގެ ޒިންމާއެކެވެ.
3.23- ބިންކުއްޔަށް ހިފާފަރާތުން ތަނުގައި މަސައްކަތް ކުރުމަށް ބިދޭސިން ގެންގުޅޭނަމަ އެބިދޭސީން ގެ މަޢުލޫމާތު ކައުންސިލަށް ދޭން ވާނެއެވެ. އަދި އެބިދޭސީންނަކީ އެމީހުން ގެނެވޭ ސައިޓް ފިޔަވައި އިތުރު ދިމަދިމާލުގައި ޤަވައިދާއި ހިލާފަށް މަސައްކަތް ކުރުމުގެ ފުރުސަތު ދެވޭ ބަޔަކަށް ވެގެން ނުވާނެއެވެ.
3.24- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރެވިފައިވާ ބިމުގައި ޙިދުމަތްދޭން ތައްޔާރު ވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރުގަޔާއި، ހިދުމަތް ދެއްވަމުން ގެންދަވާދުވަސްވަރު ، ކައުންސިލުން މިތަން ބަލާ ޗެކްކުރުމަށް އެދިއްޖެ ހިދެއްގައި އެއެދުނު ކޮންމެވަގުތަކު އެފުރުސަތު ކައުންސިލަށް ނުވަތަ ކައުންސިލުން ކަނޑައަޅާފަރާތަކަށް ކުއްޔަށް ހިފާފައިވާ ފަރާތަކުން ދޭން ޖެހޭނެއެވެ.
3.25- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދޫކުރާ ބިން މިއުޞޫލުގެދަށުން ބިން ލިބޭފަރަތެއް ބިމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް އިންކާރުކޮއް ނުވަތަ ބިން ލިބުމަށްފަހު އެއްވެސް ސަބަބަކާހުރެ ބިން ދޫކޮއްލައިފި ނަމަ ދެވަނައަށް އެންމެމަތިން މާކުސް ލިބޭފަރާތަކައް އެބިން ދެވިދާނެއެވެ.
4 މާކްސް ދެވޭނެ ގޮތްތައް:
އަގަށް: |
%70 |
(އެންމެ ރަގަޅު އަގު ހުށަހަޅާ ފާރާތަށް އެންމެ ގިނަ ޕޮއިންޓް) |
ޤާބިލްކަމަށް: |
%20 |
މިފަދަ ބިންތަކުގަ އިންވެސްޓް ކުރެވޭނެފަދަ މާލީ ތަނަވަސް ކަންހުރި ފަރާތްތަކަށް އެންމެ ގިނަ މާކްސް |
އެހެނިހެން |
އިޖްތިމާއީ ގޮތުން ނުވަތަ އިޤްތިސާދީ ގޮތުން އެންމެ ރަގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކަށް އެންމެ ގިނަމާކްސް |
5 ބީލަންފެށޭއަގު
5.1- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދިގުމުއްދަތައް ދޫކުރާ ބިމަށް ބީލަންފެށޭނެ އެންމެ ކުޑައަގަކީ
އަކަފޫޓަކައް80/-އަށްޑިހަލާރީގެރޭޓުންނެވެ.
.5.2- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ބިމަށްއެދި އަގު ހުށަހަޅާއިރު ކޮންމެ ފަސްއަހަރަކައް ހުށަހަޅާ އަގު ވަކިވަކިން ހުށަހަޅަންވާނެއެވެ. މިގޮތުން ފުރަތަމަ 5 އަހަރަށް ހުށަހަޅާ އަގައްވުރެ 2 ވަނަ ފަސްއަހަރަށް ހުށަހަޅާ އަގު ފުރަތަމަ 5 އަހަރަށް ހުށަހަޅާފައިވާ އަގަށްވުރެ %20 ޕަސެންޓަށްވުރެ ބޮޑުކޮއް ހުށަހަޅަންވާނެއެވެ. އަދި ފަހު 5 އަހަރަށް ހުށަހަޅާ އަގު 2 ވަނަ 5 އަހަރުގެ އަގައްވުރެ %25 ޕަސެންޓް ބޮޑުކޮއް ހުށަހަޅަންވާނެއެވެ.
5.3- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން މިފަހަރު ދޫކުރުމަށް ހަމަޖެހިފައިވާ ބިމަށްއެދި އަގު ހުށަހަޅާއިރު މިއުޞޫލްގެ (5) ވަނަ ނަންބަރުގެ (5.2) ގައި ބުނެފައިވާގޮތަށްވުރެ ކުޑަކޮއް އަގު ހުށަހަޅާފައިވާނަމަ އެބީލަންތައް ބާތިލް ކުރެވޭނެއެވެ.
6- ބިމުކުލި ދައްކަންޖެހޭގޮތް
6.1- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދިގުމުއްދަތައް ދޫކުރާ ބިން ނަންގަވާފަރާތަކުން 1 އަހަރު ދުވަހުގެ ކުލި އެޑްވާންސްކޮއް ކައުންސިލައް ދައްކަންވާނެއެވެ
6.2- ފައިބަރު މަސައްކަތް ކުރުމަށް ވާދަވެރި ބީލަމުގެ އުސޫލުން ދިގުމުއްދަތައް ދޫކުރާ ބިން ނަންގަވާފަރާތަކުން 1 އަހަރު ދުވަހުގެ ކުލި އެޑްވާންސްކޮއް ކައުންސިލައް ދެއްކުމަށްފަހު ދެންކުލި ދައްކަން ޖެހޭނީ 1 އަހަރު ހަމަވުމުން ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަދަދު 14 އަހަރަށް ބަހާލައި 14 އަހަރު މަސްތަކައް ބަހާލުމުން މަހަކައްޖެހޭއަދަދެވެ.
6.3- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިމުގެ މަހުކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަވަންޖެހޭނީ މިއިދާރާއަށެވެ. ކޮންމެ މީލާދީ މަހެއްފެށުމުން އެމަހުގެ ކުލި މަހުގެ 10 ވަނަ ދުވަހުގެ ކުރިން މިއިދާރާއަށް ދައްކަވަންވާނެއެވެ.
7- ޖޫރިމަނާކުރުން
7.1 ބިމުކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނުދައްކައިފިނަމަ ދެންފައިސާ ދައްކަވަން ޖެހޭނީ ދައްކަވަން ޖެހޭޖުމުލަ ފައިސާގެ 5% ޖޫރިމަނާޔާއެކުއެވެ. 10 ވަނަ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްނަމަ ފައިސާ ދައްކަވާނީ ދެން ހުޅުވޭދުވަހުގައެވެ. މިގޮތުން ފައިސާނުދަށްކާތާ 30 (ތިރީސް) ދުވަސް ހަމަވުމަށް ފަހު އިތުރުވާ ކޮންމެ ދުވަހަށް ޖުމުލަ ފައިސާގެ 3% (ތިނެއް ފަސަންޓް) ޖޫރިމަނާގެ ގޮތުގައި ނެގޭނެއެވެ. ފައިސާ ނުދައްކާތާ 90 (ނުވަދިހަ) ދުވަސް ހަމަވުމުން ބިންކުއްޔަށް ހިފާފަރާތުން ބިން ވަކިކުރެވޭނެއެވެ. އަދި އެހާތަނަށް ޖޫރިމަނާ އާއިއެކު ދައްކަން ޖެހޭ ފައިސާ ނުދައްކައިފިނަމަ އެފައިސާ ހޯދުމުގެ މައްސަލަ ޝަރީޢަތަށް ހުށައެޅޭނެއެވެ.
8- މާނަކުރުން
8.1- ކައުންސިލް: މިއުޞޫލްގައި ވަކިތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ، ކައުންސިލުގެ މާނައިގެ
ތެރޭގައި ހިމެނޭނީ މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލެވެ.
8.2- ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިން: މި އުޞޫލުގައި ވަކި ތަނެއްގައި ވަކިގޮތަކަށް ބަޔާންކުރެވިފައި ނުވާނަމަ،
ފައިބަރު މަސައްކަތް ކުރުމަށް ދޫކުރާ ބިމުގެ މާނައިގެ ތެރޭގައި ހިމެނޭނީ މިއުޞޫލްގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލުން ދޫކުރާ ބިމަށެވެ.