ދިވެހިރާއްޖެ
ޚަޒާނާ މޯލްޑިވްސް ލިމިޓެޑް
ދިވެހިރާއްޖެ
ނަންބަރު: HZN/IULAAN/2018/02
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ޚަޒާނާ މޯލްޑިވްސް ލިމިޓެޑަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް 27 މާރޗު 2018 ގައި ކުރެވުނު ނަންބަރު HZN/IULAAN/2018/01 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ލިބިފައިފައިނުވާތީ، އެ އިޢުލާނު ބާޠިލުކޮށް ދެވަނަ ފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ޚަޒާނާ މޯލްޑިވްސް ލިމިޓެޑް (ހ. ފުސްތުޅާމާގެ، 2 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކުންފުންޏަށް ވަޑައިގެންނެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުން |
އަންދާސީހިސާބު ހުށަހެޅުން |
05 އޭޕްރިލް 2018 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:30 އަށް |
09 އޭޕްރިލް 2018 ވާ ހޯމަދުވަހުގެ 14:00 އަށް |
މަޢުލޫމާތު ސާފުކުރުމަށް ބާއްވާ ސެޝަނަށް ޙާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނުއޮންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން މެންދުރު ފަހު 3:00 އާ ދެމެދު މި ކުންފުނީގެ ޓެލެފޯނު ނަންބަރު 3012000 އަށް ގުޅުއްވުން އެދެމެވެ.
03 އޭޕްރިލް 2018